އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަންގިފިލާ ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯއިން ވަނީ އައު ދެ ބްރޭންޑެއް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފައެވެ. އެގޮތުން ސުންމީ ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރެވެ. މީގެ އިތުރުން ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރތައް ވެސް ވަނީ މާކެޓަށް ނެރެފައެވެ. މި ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއަކީ ޖާގަ އިތުރުކޮށް، އަމިއްލަ ވިޔަފާރިތަކަށް ވެސް ފުރުޞަތު ލިބޭނެހެން "ހައިޕަމާކެޓް" ކޮންސެޕްޓަށް 2022 ވަނަ އަހަރު ބަދަލުކުރި ތަނެކެވެ. މިހާރު ހުޅުވުނު ފުރަތަމަ ފަންގިފިލާއާއެކު ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތަކާއި މުދަލުގެ ބާވަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.

އަލަށް ހުޅުވި ފަންގިފިލާގައި ތަފާތު އެކި ބްރޭންޑުތަކުގެ ތަކެތި ލިބެން ހުރިއިރު، އަމިއްލަ ބައެއް ވިޔަފާރިތަކުގެ އައުޓްލެޓްތައް ވެސް އެތަނުގައި ވަނީ ޤާއިމްކޮށްފައެވެ. އޭގެ ތެރޭގައި ޕީކަބޫ އަދި ޕްރޮކިއުރ ޕްލަސް ފަދަ މަޝްހޫރު ވިޔަފާރިތައް ހިމެނޭކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން