ކޮށްދެވެން ހުންނަ ކަންކަން ކޮށްނުދީގެން ތަކުރާރުކޮށް އެދެންޖެހޭނަމަ އެއަންގައިދެނީ ތިބާ މުހިންމުނޫންކަން! އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކޮށްދެވެން ހުންނަ ކަންކަން ކޮށްނުދީގެން
ތަކުރާރުކޮށް އެދެންޖެހޭނަމަ އެއަންގައިދެނީ ތިބާ މުހިންމުނޫންކަން! އެއީ ވަރަށް
ނުރައްކާތެރި ސިގްނަލެއް!


އަހުރެން ބަހެއް ބުނަން މިއުޅެނީ އަނބިމީހާ އެދޭކަންކަމުގެ ތެރެއިން ތިމާއަށް ކޮށްދެވެންހުންނަ ކަންކަން ކޮށްނުދީ ލަސްކުރުމުން އަދޭސްކުރަމުން ފަހަތުން ހިނގަންޖެހޭ މައްސަލައިގައެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ޙަޤީޤަތުގައި އެކަމުން އަންގައިދެނީ އެމީހަކަށް އޭނާގެ އަނބިމީހާ މުހިންމު ނޫންކަމެވެ.  

ތިބާގެ އިޙްސާސަތައް ކޮންޓްރޯލް ކުރާށެވެ. އަދި އެހެން މީހުންގެ ލޯތްބާއި އަޅާލުމަށް އަދި ސަމާލުކަމަށް އެދި އާދޭސް ނުކުރާށެވެ. މީހަކު ތިބާއާ ވާހަކަ ދައްކަން ބޭނުން ނުވާނަމަ  އެމީހުންނަށް މަޖުބޫރު ނުކުރާށެވެ. ސަބަބަކީ މަޖުބޫރުން ގުޅޭ ގުޅުމެއް ގިނަ ދުވަހަކަށް ދެމިގެނެއް ނުދާނެއެވެ. "އެހެންވީމަ، ކީއްކުރަންތޯ ވަގުތީ ފައިދާއަކަށްޓަކާ ތިބާގެ އަމިއްލަ ނަފްސު ހަލާކުކޮށްލަނީ؟ ތިމާގެ ހިއްސުތަކާއި ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކާ ތިމާގެ އަމިއްލަ ނަފްސަށް ސަމާލުވެ ދުރުހެލިވެލައްވާ." 

"ތިއައީ ރަނގަޅު މީހެއް. ނުބައި މީހަކަށް އެކަން ސާބިތުކޮށްދޭން ތި އުޅެވެނީ. ރަނގަޅު މީހަކުނަމަ ތިބާ އެއްވެސް އެއްޗަކަށް އާދޭސް ކުރިއަކަ ނުދޭނެ. އާދޭސްކުރާކަށް ނުޖައްސުވާނެ! މީހުން އެމީހުން ލޯބިވާ މީހުންނާމެދު ފަރުވާ ކުޑައެއް ނުކުރާނެ. އެމީހުން ފަރުވާކުޑަ ކުރާނެ އެއްސަބަބަކީ، ތިބާއަކީ އެމީހުންނަށް ބޭނުންތެރި މީހަކަށް ނުވުން ނުވަތަ ތިބާއަކީ އެމީހުންގެ ހަޔާތުގެ ހިއްސާއެއް ކަމުގައި ވާން އެމީހުން ބޭނުން ނުވުން."

 މިކަންކަން ދުވަހަކުވެސް ހަނދާން ނައްތައިނުލާށެވެ!  އެހެންވީމަ ހިތްވަރު ގަދަކޮށް ތިމާގެ ހިއްސުތަކަށް ޤަދަރު ކުރާށެވެ! އެއްވެސް ކަމެއްގައި އާދޭސްކުރަން ނުހަދާށެވެ! އާދޭސްކޮށް މަޖުބޫރުކުރުވައިގެން ޙާޞިލްކުރެވޭ ކަންކަމުގެ ނަތީޖާ ގާތީ ފޮނިނުވުމާއިއެވެ.

ބައެއް މީހުންނަކީ ހަނދާން ބަލި ބައެކެވެ. މަސައްކަތްބުރަކަމުންވެސް ހަނދާން ނެތިދާނެއެވެ. ނަމަވެސް އެއީ ގިނަގިނައިން ތަކުރާރުކުރެވޭ ކަމަށްވާނަމަ އެއީ މައްސަލައެކެވެ. އެކަން މެދުވެރިވިޔަނުދިނުމަށް ގިނަ ފިރިން މިހާރު އެދޭނީ މޭނުންވާ ކަންތައް މެސެޖްކޮށްލުމަށެވެ. އެއީ މެސެޖް ފެންނަން އިންނާނެތީއެވެ. 

--އަލަފް / މިއަދުނޫސް

 

 

 

މިއަދު އޮންލައިން