ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެކަން ޔަޤީންވާ 4ކަމެއް- މި 4 ކަމަކީވެސް ތިބާއަށް ﷲ ތަޢާލާގެލޯބިވެވޮޑިގަތުން ލިބޭނެކަން ޔަޤިން ކަންކަމެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެކަން ޔަޤީންވާ 4ކަމެއް- މި 4 ކަމަކީވެސް ތިބާއަށް ﷲ ތަޢާލާގެލޯބިވެވޮޑިގަތުން ލިބޭނެކަން ޔަޤިން ކަންކަމެވެ! އިން ޝާ ﷲ



އަހަރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް

ބޭނުންވާނީ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެމީހަކަށް ސުވަރު ދެއްވަވާނެތީއެވެ.

ޤުދްސިއްލަ ޙަދީޘްފުޅަކުން އެނގެން އޮތް ގޮތުގައި: 

1 ﷲ ތަޢަލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވުމާއި

2 ﷲ ތަޢާލާއަށްޓަކައި މަޖިލިސްކުރުމާއި

3 ﷲ ތަޢަލާއަށްޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި

4 ﷲ ތަޢާލާއަށްޓަކައި މީސްތަކުންނަށް ހޭދަކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިގެންދާނެ ކަންކަމެވެ.

އަހުރެމެން އެކަކު އަނެކަކު ދެކެ ލޯބިވާންވީ އަނެކާގެ ސިފައަށް ނުވަތަ އޭނާގެ ކިބައިން ކޮށްފާނެ މަންފާއަކަށް ބަލައިގެނެއް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. މައިންބައިންފައިންނާއި ފިރިންނާއި އަނބިންނާއި ދަރިންނާއި އަދި އެންމެންދެކެވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ.  

އެކުވެރިން ކަމުގައިވިޔަސް ގޭގައި ދިރިއުޅޭ މީހުން ކަމުގައިވިޔަސް މަޖިލިސްކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ދީނުގެ ވާހަކަ ދައްކައި ހެދުމަކީ ﷲ ތަޢާލާއަށްޓަކައި މަޖިލިސްކުރުން ކަމުގައި ވާނެއެވެ. އިން ޝާ ﷲ. ވީމާ ގިނަގިނައިން ކުރަންވީ ފާފަވެރިވާނެ މަޖިލިސްތަކެއް ނޫނެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ މަޖިލިސްތަކެވެ.

ކޮންމެ ދުވަހަކު ޒިޔާރަތް ނުކުރެވިދާނެއެވެ. ބައްދަލުނުކުރެވިދާނެއެވެ. ނަމަވެސް ވީވަރަކުން އަނެކުންނާއި ބައްދަލުކޮށް އުޅެންވީވެސް ﷲ ތަޢާލާއަށްޓަކައެވެ. ހަމައެފަދައިން ޞަދަޤާތެއް ނުވަތަ ހަދިޔާއިން ދިންނަމަވެސް އެކަންވެސް ކުރަންވީ ﷲ ތަޢާލާއަށްޓަކައެވެ.

އެއިރުން އެމީހަކުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ

Mu’adh ibn Jabal reported: The Messenger of Allah, peace and blessings be upon him, said, “Allah Almighty said: My love is assured for those who love each other for My sake, who sit together for My sake, who visit each other for My sake, and who spend on each other for My sake.”

Source: Musnad Aḥmad 22030

Grade: Sahih (authentic) according to Al-Arna’ut

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން