ޢަދަދަށް ނުބައްލަވައި ކޮންމެ ދުވަހަކު މުފްތީ މެންކް ވިދާޅުވާ ބައެއް ޛިކުރް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޢަދަދަށް ނުބައްލަވައި ކޮންމެ ދުވަހަކު މުފްތީ މެންކް ވިދާޅުވާ ބައެއް ޛިކުރް-

ފަރުޟް ނަމާދުތަކަށްފަހު ކިޔަން ހުންނަ ޛިކުރުތައް ކިޔަން މަސައްކަތްކުރަމެވެ. ސަބަބެއް ދިމާވެގެން މަޑުކުރެވެން ނެތި ތެދުވަން ޖެހުނަސް ޛިކުރުކުރުން ހުއްޓައެއް ނުލަމެވެ. އަހުރެން ކިޔޭ ޢަދަދަށް ނުބަލައި ކޮންމެ ދުވަހަކު ވީހާގިނައިން ކިޔަން މަސައްކަތްކުރާ ޛިކުރުތަކުގެ ތެރޭގައި:  

سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ، ‏ 

سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيمِ  

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ 

ހިމެނެއެވެ.  

އަހުރެންނަކީވެސް ޛިކުރުކުރަން އޮތް ޢަދަދަށް ޛިކުރުކުރެވޭ މީހެއް ނޫނެވެ. އެހެންކަމާއިއެކުވެސް ވީހާގިނައިން ޛިކުރުކުރަން މަސައްކަތްކުރަމެވެ. ހުސްވަޤުތުކޮޅެއް ލިބިއްޖެނަމަ ޛިކުރުކުރަން މަސައްކަތްކުރަމެވެ.  

ހަށިރައްކަލަށް ކިޔަންޖެހޭ ޛިކުރުތައް ކިޔަން އާދަކުރަންވާނެއެވެ. ނަމަވެސް އެވަރަކުން ނުފުދޭނެއެވެ. ﷲ ތަޢާލާ މަތިވެރިވަންތަކުރުމަށް ކިޔަންޖެހޭ ޛިކުރުތައްވެސް ކިޔަންވާނެއެވެ. ގިނަގިނައިން ކިޔަންވާނެއެވެ. އަހުރެމެން އަބަދުވެސް ތިބެންވާނީ ﷲ ތަޢާލާ މަތިވެރިވަންތަކުރުންމަތީގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން