ސިއުޒާ
ކައިވެންޏަކީ "ޝޯޓްކަޓް" އެއް ނެތް ދިގު ރާސްތާއެކެވެ. ދެމީހެއްގެ ފައި ދެފަރާތަކަށް ހަރަކާތް ކުރާހާ ހިނދަކު އެ ދެމީހުންނަށް އެކުއެކީގައި ނުހިނގޭނެއެވެ. ކައިވެންޏަކީ ހަމައެކަނި ލޯތްބެއް ނޫނެވެ. އެއީ ކެތްތެރިކަމާއި، ޤުރުބާންވުމާއި އަދި ހޭލުންތެރިކަމެވެ. ގެއެއް ބިނާ ކުރެވޭނީ ހަމައެކަނި އަތަކުން ނޫނެވެ. އެހެނަސް ތަކުލީފު އުފުލޭ ހިތެއްވެސް އޮވެގެންނެވެ.
ކައިވެންޏަކީ ހަމައެކަނި ފުރިހަމަ ބައިވެރިއަކު ހޯދުމެއް ނޫންވެ. އެއީ ފުރިހމަ ނޫން ބައިވެރިއަކާ އެކު ވަރުގަދަ ބިންގަލެއް ބިނާކުރުމެވެ. އުފާވެރިކަމާއެކު ނަށަމުން ކައިވެނީގެ ގުޅުމުން އެތައް ބަޔަކު ގުޅެއެވެ. އެހެނަސް އެ ގުޅުމުގައި ދެމި ތިބެވެނީ މަދުބަޔަކަށެވެ. މި ލިޔުމުގައި މި ބަލާލަނީ ގިނަ މީހުން އެ ވާހަކަ ނުދައްކާ ކައިވެނީގެ 10 ހަޤީގަތަކަށެވެ.
1. ހަމައެކަނީ ލޯތްބަކުން ނުފުދެއެވެ: ކައިވެނީގެ ދަތުރު ލޯބިން ފެށިދާނެއެވެ. އެހެނަސް އެމީހެއްގެ އުޅުމާއި ސިފަތަކަކީ ކައިވެނީގެ ދިރުމެވެ. ޕޮޓް ކިތަންމެ ރީއްޗަސް އެ ހަދާފައިވާ ކްލޭ ކަމުނުދާނަމަ އެ ޕޮޓް ހަލާކުވާނެއެވެ.
2. އިޙްސާސްތަކަށްވުރެ އިޙްތިރާމްގެ އަގު މާ ބޮޑެވެ: އިޙްސާސްތައް ބަދަލުވެއެވެ. އިޙްތިރާމް ބަދަލެއް ނުވެ ދެމިހުންނަން ޖެހެއެވެ. ފިރިހެނަކު ހުންނާނީ އޭނާއަށް އިޙްތިރާމް ލިބޭ ތަނެއްގައެވެ. އޭނާއަށް ތަޢްރީފް ކުރާ ތަނަކު ނޫނެވެ.
3. ދެމަފިރިން އަބަދަކު އެކަކު އަނެކަކަށް ގަޔާއެއް ނުވާނެއެވެ: ބައެއް ދުވަސްދުވަހު ހަމަހިމޭންކަން ލޯތްބައް ވުރެ ބާރަށް ބުނާނެއެވެ. ދުލާއި ދަތް ހަނގުރާމަ ކުރި ނަމަވެސް އެ ދޭތި ތިބެނީ އެކުއެކީގައެވެ.
4. ކައިވެނި ދެމެހެއްޓުމަކީ ވަރަށް ބުރަމަސައްކަތެކެވެ: ކައިވެނީގެ ގުޅުމުގައި ޗުއްޓީ ދުވަހެއް ނޯވެއެވެ. އަޅާނުލެވޭ ދަނޑު ބިމެއްގައި ވިނަ ފަޅާނެއެވެ.
5. މުއާސަލާތު ކުރުމުން ތިބާގެ ގެ ހަލާކުވެސް ކުރެވިދާނެއެވެ، ނުވަތަ ސަލާމަތްވެސް ކުރެވިދާނެއެވެ: ދުރާލާ ވާހަކަ ދައްކާށެވެ. އަދި ތެދު ބަހުން ވާހަކަ ދައްކާށެވެ. ބަންދު ކުރެވިފައިވާ އަނގައަކުން އޮޅުން އަރާފައިވާ ކަމެއް ހައްލެއް ނުކުރެވޭނެއެވެ.
6. ތިބާގެ ކައިވެންޏާ އެހެން މީހުންގެ ކައިވެންޏާ އަޅާނުކިޔާށެވެ.: ބޭރުން ތިބާއަށް ފެންނަ އެއްޗަކީ މުޅި ވާހަކައެ އެއްކޮށް ކަމުގައި ނުވެދާނެއެވެ. ޕޮޓް ގެ ބޭރު ވަރަށް ވިދާނެއެވެ. އެހެނަސް އެތެރެ ހުޅު ރޯވެފައިވެސް ހުރެދާނެއެވެ.
7. ފައިސާގެ ދަތިކަން ތިބާގެ ގުޅުން އިމްތިހާނު ކުރާނެއެވެ: ފައިސާ ގުޑޭނަމަ މީހެއްގެ ހަޤީގީ ސޫރަ ފެންނާނެއެވެ. ބަނޑުހައި ހޫނު ކަމުގެ ސަބަބުން އެ ގެއެއްގެ އަހުލިވެރިންގެ ކެތްތެރިކަމާއި ހިތްވަރު ހާމަ ވެގެންދެއެވެ.
8. ތިބާގެ ފިރިމީހާއަކީ ތިބާގެ ދުޝްމަނެއް ނޫނެވެ.: ހަނގުރާމަ ކުރާނީ މައްސަލައާއެވެ. އެކަކު އަނެކަކާއެއް ނޫނެވެ. ދެ އެތް ހަނގުރާމަ ކުރާނަމަ ވިނަގަނޑަށް އަނިޔާ ލިބެއެވެ.
9. އެންމެ ރަނގަޅު މީހާއަށް ވުމަށްވުރެ ސުލްޙަ މާމުހިއްމުވެ.: ބައެއްފަހަރު ޒުވާބުކޮށް މޮޅުވުމަކީ ތިބާގެ އަމިއްލަ ގޭގެ ސުލްހަ ގެއްލިގެން ދިޔުން ކަމުގައި ވެދެއެވެ. އަޑުގަދަ މޮޅަކަށް ވުރެ ހަމަ ހިމޭން ގެއެއްވެސް މާ ރަނގަޅެވެ.
10. ކައިވެންޏަށް މަޢާފް ކުރުން ބޭނުންވެއެވެ.: އެތައް އެތައް ފަހަރަކުއެވެ. ދެމަފިރިންނަށްވެސް ކުށް ކުރެވޭނެއެވެ. އަވަހަށް މަޢާފް ކުރާށެވެ. މަޢާފް ނުކުރާ ހިތެއްނަމަ އޭގެ އަމިއްލަ ތަކުލީފު އަމިއްލައށް އުފުލަން ޖެހެއެވެ.
- -މިއަދުނޫސް