ޢިލްމް އުނގެނިގެންހުރި އަންހެނަކު މަޖުބޫރުވާ ސަބަބެއް ނެތި ވަޒީފާއަދާކުރަން ހުރަސް ނުއަޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޢިލްމް އުނގެނިގެންހުރި އަންހެނަކު މަޖުބޫރުވާ ސަބަބެއް ނެތި ވަޒީފާއަދާކުރަން ހުރަސް ނުއަޅާށެވެ!

ޢިލްމް އުނގެނުމާ މަސައްކަތް ދަސްކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ އެއްވެސް ތަފާތެއް މިއަދަކު ނެތެވެ. ގިންހެނުން މަތީ ތަޢްލީމް ޙާޞިލުކުރަނީ އަދި މަސައްކަތް ދަސްކުރަނީ އުންމީދުތަކަކާއިއެކުގައެވެ. އެއީ މަސައްކަތުގައި ކުރިއަށް ގޮސް އަމިއްލަ ތަނަވަސްކަން ހޯދުމުގެ އުންމީދުގައެވެ.  

ހަމަ އެއާއިއެކު ހުރިހާ ކަމަކަށް ފިރިމީހާއަށް ބަރޯސާވެގެން ހުއްޓައި ވަރިކޮށްލުމުން ލިބޭ ނިކަމެތިކަމުން ސަލާމަތްވުމަށެވެ. މިއީ ވަރަށް ގިނައިން ކުރިމަތިވާ ޙާލަތެއްކަން ޤަބޫލުކުރަންވާނެއެވެ.

އެއީ ތަނަވަސް ޢާއިލާއެކެވެ. ފިރިހެން ދަރިފުޅު ކައިވެނިކުރަން ހޯދީ ކިޔަވައި މަސައްކަތް ދަސްކޮށްގެން ހުރި އަންހެނެކެވެ. ޢާއިލާއިން ކުރި ޝަރުޠަކީ ވަޒީފާއަދާނުކޮށް ގޭގައި ހުރުމެވެ. އަންހެންކުއްޖާ އެކަން ޤަބޫލުނުކޮށް ކައިވެނިކުރުން ހުއްޓައިލީއެވެ.  

އެއިގެ 5 އަހަރުފަހުން އެތަންވަސް ޢާއިލާއަށް އޭނާ މުހިންމުވިއެވެ. ގެދޮރު ކުރަހައިދިނުމުގެ ދާއިރާއިން ކުރިއަށްގޮސް މަޝްހޫރުވުމުން އޭނާގެ ބޭނުން ޢާއިލާއިންވެސް ހިފަންޖެހުމުންނެވެ. އޭނާގެ މަޤުބޫލުކަން އިތުރުވެ ޑިމާންދްބޮޑުވުމުންނެވެ.

މިފަދަ ކިތަންމެ ކަމެއް އެބަކުރިމަތިވެއެވެ. ވީމާ ރަނގަޅު ގޮތަކީ މަޖުބޫރުވާފަދަ ސަބަބެއް ނެތި އެފަދަ އަންހެނުން ވަޒީފާއަދާކުރަން ހުރަސްނުއަޅާށެވެ. މަޖުބޫރުވާފަދަ ޙާލަތުކަމަށް މިބުނަނީ ދަރިން ލިބި ދަރިން ތަރުބިއްޔަތުކުރަން މަންމައަށް ގޭގައި ހުންނަން މަޖުބޫރުވުން ފަދަ ކަންކަމެވެ. ފިރިމީހާގެ ޢާއިލާއަށް މަސައްކަތްކޮށްދޭން ޖެހުމެއް ނޫނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން