ހޭލުންތެރިވޭ!: ވެޓިކަނުން ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލަށް ރުހި ތާއީދުކޮށްފަ އާޚިރަތް ދުވަހު ސަލާމަތްވެވޭނެ ކަމަށް ހީކުރުމެއް ނެތް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 46ސ
ހޭލުންތެރިވޭ!: ވެޓިކަނުން ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލަށް ރުހި ތާއީދުކޮށްފަ އާޚިރަތް ދުވަހު ސަލާމަތްވެވޭނެ ކަމަށް ހީކުރުމެއް ނެތް!

ވެޓިކަނުން ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތަކީ ދުރާލައި ރޭވިގެން ހިންގަމުން އަންނަ ކަންތައްތަކެކެވެ. ވަރަށް މޮޅަށް ރާއްވައިގެން ހިންގަމުން އަންނަ ކަންތައްތަކެކެވެ. ހަމައެކަނި ރާއްޖެއަކު ނޫނެވެ. އިސްލާމީ ހުރިހާ ޤައުމުތަކަށްވެސް މިޙަމަލާތައް ވަނީ އަމާޒުކުރެވިފައެވެ.  

ދުނިޔަވީ މަންފާއަކަށް ނުވަތަ ތިމާއަށް ފައިދާކޮށްފާނެތީ އެކަމުގެ ދަހިވެތިކަމުގައި އިސްލާމްދީނާއި ދުރަށް ޖެހެވޭނަމަ އަދި އިސްލާމްދީން ނިކަމެތިކުރުމަށް އެހީތެރިވުމުގައި ތިމާގެ ބައިވެރިވުން އޮތްނަމަ އެއީ ﷲ ތަޢާލާ އާއި ދެކޮޅަށް ހިންގާ ޖަރީމާއެކެވެ. ކޮންމެ މީހަކީވެސް ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓިހުންނަންޖެހޭނެ މީހެކެވެ. ޖަވާބުދާރީވާންޖެހޭނެ މީހެކެވެ.

ވީމާ ތިމާއަށް ތާއީދުކުރެވޭ މީހުންނާއި އެމީހުންނަށް ތާއީދުކުރުމުން ނުކުންނާނެ ނަތީޖާއަށް ވިސްނާށެވެ! ނަމާދުކުރުމުން ރާއްޖެއިން އިސްލާމް ދީން ފުހެލުމަށް ތާއީދުކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. ނަމާދުކުރަނީ ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާތީއެވެ. ﷲ ތަޢާލާގެ ދީނަށް ނިކަމެތިކަން ލިބުމަށް ވާގިވެރިވެވޭނަމަ އެއޮތީ ޝަހާދަތުގެ ދެކަލިމައަށް ޢަމަލުކުރުމުގައި ފޭލްވެފައެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިއަކަށް ބަދަލުވެވިފައެވެ.  

މިކަންކަން ވިސްނުމުގައި ބަހައްޓަވައިގެން ތިރީގައިވާ ވާހަކަތައްވެސް ވިދާޅުވެލައްވާށެވެ! އެއީ ޚުޠުބާއެއްގައިވާ ވާހަކަތަކެކެވެ. ލިޔުއްވި ޝައިޚުންނަށް އެވަނީ ތަންކޮޅެއް ދުރުދުރުން ބަޔާންކުރެއްވެވިފައެވެ. ވީމާ މިބަޔާންކުރީ އެކަންކަން ތަންކޮޅެއް ތިލަކޮށެވެ. އިތުރު ތަފްޞީލުތައް ހާމަކުރަމުން ގެންދާނަމެވެ. އިން ޝާ ﷲ  

މާތް ﷲގެ އަޅުތަކުންނޭވެ! ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރުމުގެ މަސައްކަތްކުރާނެ ބަޔަކު މުޖުތަމަޢުގައި އަބަދު ވެސް ތިބޭން ޖެހޭނެއެވެ. އެ ބައިމީހުންނަކީ ކާމިޔާބީގެ އަހުލުވެރީންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ "ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް އަމުރުކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."

މުސްލިމް އަޚުންނޭވެ! މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށެވެ. މުޖުތަމަޢު އިޞްލާޙުކުރާން ތިބީ ވެސް ހަމަ އަހަރެމެންނެވެ. އިޞްލާޙުކުރާން މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެތެވެ. އަދި ކިއެއްހެއްޔެވެ! ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެތެވެ. މިއާ ޚިލާފަށް ޢަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ރަށްތަކުގެ أهلވެރީން، إيمانވެ تقوىވެރިވީ ނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركاتގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عملތަކަށް ޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذابން) އެއުރެން ހިއްޕެވީމެވެ." 

މުސްލިމް އަޚުންނޭވެ! މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގެ މަގު އިޚުތިޔާރުކުރާށެވެ! ދުންޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވާށެވެ! އަދި ތިބާއީ ފިތުނައިގެ އަލިފާންގަނޑަށް ދަރުއަޅާ މީހަކަށް ނުވާށެވެ! މާތް ﷲ ތިޔަބައިމީހުންނަށް ރަޙުމަތްލައްވާށިއެވެ! އާމީން! 

މުސްލިމް އަޚުންނޭވެ! މާތް ﷲގެ ޙަޟުރަތުން ވާގި އެދި ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން އަތުގުޅައިލާށެވެ! މުޖުތަމަޢުގައި ހުރި، ފަސާދައިގެ ދޮރުތައް ބަންދުކޮށް، މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއް ކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ! މި ކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ. މައިންބަފައިން އެ މީހުންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކޮށްގެންވެ. މުދައްރިސުންނާއި އެދުރުން އެ މީހުންގެ ޒިންމާއަދާކޮށް، ނަމޫނާ ބަޔަކަށް ވެގެންނެވެ. މުޖުތަމަޢުގައި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދީގެންނެވެ. ޤައުމުގެ ދީނީ ޢިލްމުވެރީން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދީގެންނެވެ. މުޖުތަމަޢުގައި ތިބި މަސްއޫލުވެރިންނާއި ކަމުވޮށިގެންވާ މީހުން ޤައުމުގެ މަޞްލަޙަތު އިސްކޮށްގެންނެވެ.  

މުޖުތަމަޢުގައި ހިމެނޭ ހުރިހައި އަފުރާދުންގެ އެއްބާރުލުން މިކަންކަމަށް ލިބިއްޖެ ނަމަ، މާތް ﷲގެ ވާގިފުޅާ އެކު މި މުޖުތަމަޢަކީ އަމަންއަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ތަހުޒީބު މުޖުތަމަޢަކަށް ވާނެއެވެ. މާތް ﷲ އަޅަމެންނަށް އެ ކަމުގެ ތައުފީޤުދެއްވާށިއެވެ!

 

މިއަދު އޮންލައިން