ސިވިލް ސަރވިސް ކޮންފަރެންސް ތަޢުލީމީ ވަޒީރު ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ސިވިލް ސަރވިސް ކޮންފަރެންސް ތަޢުލީމީ ވަޒީރު ފަށްޓަވައިދެއްވައިފި

2026 ވަނަ އަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު މަސައްކަތްތެރިންގެ ދަފްތަރެއް އޮތީ ސިވިލް ސަރވިސްގެ ދަށުގައެވެ. މިގޮތުން 35,000 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާއާއި ގުޅުންހުރި މުހިއްމު މަސައްކަތްތައް ސިވިލް ސަރވިސް ކޮމިޝަނުން އަންނަނީ ބަލަހައްޓަމުންނެވެ.

ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި ކޮންފަރެންސަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިއަހަރު ބާއްވަނީ މި ސިލްސިލާގެ 5 ވަނަ ކޮންފަރެންސެވެ.

މިފަހަރުގެ ކޮންފަރެންސްގައި ޖުމްލަ 8 ދާއިރާއަކަށް އަމާޒުކޮށްގެން 18 ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ކަރުދާސްތަކުގެ އަލީގައި ސިވިލް ސަރވިސްގެ ނިޒާމަށް ގެނެވިދާނެ ބަދަލުތަކާއި ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.

މިއަދު އޮންލައިން