ދެކުނު އަރިއަތޮޅު ހިމާޔަތްކުރި ސަރަޙައްދު ބެލެހެއްޓުމުގައި ފުލުހުން ބައިވެރިވާން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެކުނު އަރިއަތޮޅު ހިމާޔަތްކުރި ސަރަޙައްދު ބެލެހެއްޓުމުގައި ފުލުހުން ބައިވެރިވާން ފަށައިފި

ދެކުނު އަރިއަތޮޅުގެ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ރޭންޖަރުންނާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައިވެރިވާން ފަށައިފިއެވެ.

މި ނިންމުމާއެކު، އެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަޙައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް އެކުލަވާލެވިފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

ބޭނުންކުރާ އުޅަނދަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށްވުން.

އުޅަނދުގައި ރަޖިސްޓްރީކޮށްފައިވާ ގައިޑެއް ހުރުން.

ސަރަޙައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ވަގުތު 'ލައިވް ލޮކޭޝަން' ހިއްސާކުރުން.

އުޅަނދުތަކުގައި ދިދަ ބޭނުންކުރުން.

30 ޖޫން 2026 ގެ ކުރިން އުޅަނދުތަކުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު (propeller guards) ހަރުކުރުން.

މީގެ އިތުރުން، މޫދުގައި އުޅޭއިރު ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ވަނީ އަންގާފައެވެ. މި ފިޔަވަޅުތަކަކީ ދެކުނު އަރިއަތޮޅުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން