ދ.މީދޫ ކައުންސިލު ރައީސް ކަމަށް އިންތިހާބުވި ސުހާއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދ.މީދޫ ކައުންސިލު ރައީސް ކަމަށް އިންތިހާބުވި ސުހާއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް މަޤާމަށް އަލަށް އިންތިހާބުވި ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސުހާ އިބްރާހިމް ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ވޯޓު ދެއްވި އެ ދާއިރާގެ ރައްޔިތުންނާއި، އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ މި އިންތިހާބުގެ ވޯޓުލުމަށް މީދޫގައި ދެ ފޮށި އަދި މާލޭގައި އެއް ފޮށި ބަހައްޓާފައިވެއެވެ. މި އިންތިޚާބުގައި ޖުމްލަ 985 މީހުން ވޯޓުލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް އިންތިހާބު ކާމިޔާބުކުރެއްވީ 529 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ 449 ވޯޓެވެ.

މިއަދުގެ އިންތިހާބު ސުހާ ކާމިޔާބުކުރެއްވިއިރު، މީގެ ކުރިން ބޭއްވި ބުރުގައި އެ ރަށު ކައުންސިލުގެ މެންބަރުކަމަށް ހޮވިވަޑައިގެންފައިވާ ހުސައިން ރަޝީދާއި، ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރި ގޮނޑި ކާމިޔާބުކުރެއްވި މިސްކާ އަބްދުއް ރަހްމާނަކީވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. މިއާއެކު މީދޫ ކައުންސިލްގައި ޕީއެންސީގެ ދައުރު ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.

މިއަދު އޮންލައިން