ޢާއިޝަތު ރަފާޙް ޢަލީ
ވައްކަން ކުރުމަކީ ޙަރާމް ކަމަކަށްވެފައިއަދި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައަކަށްވާއިރު މި ލިޔުމުގައި މިބަޔާން ކޮށްލަނީ ވައްކަމުގެ ޙައްދު ޤާއިމް ކުރެވޭ ޝަރުޠުތަކާއި ވައްކަން ކުރުން ޙަރާމްވުމުން ލިބޭ ޙިކުމަތްތަކަށެވެ.
· ވައްކަން ކުރި މީހަކީ ބާލިޢުވެ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުން
· ވައްކަން ކުރި މުދަލަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލެއް ކަމުގައިވުން
· ވައްކަން ކުރި މުދަލަކީ ނިޞާބު ހަމަވާ މުދަލެއް ކަމުގައިވުން
· ވައްކަން ކުރި މީހާ ވައްކަން ކުރީ އަމިއްލަ އިޚްތިޔާރުގައި ކަމުގައިވުން
· ވައްކަން ކުރި މުދަލުގައި އެމީހާގެ ޙިއްސާއެއް ނެތުން
· ވައްކަމުގެ ޙައްދު ޘަބިތުވުން
· ވައްކަން ކުރި މީހާ އެމުދަލެއް ނެގީ ސިއްރުން ކަމުގައިވުން
· މީހުންގެ މުދާ ރައްކާތެރި ކުރުމަށް
· މުޖުތަމަޢުގެ އަމަން އަމާން ކަމާއި ރައްކާތެރިކަމަށް
· ޙައްދު ޤާއިމް ކުރުމުން މީހުންނަށް އެކަމުން ޢިބްރަތް ލިބި އެފަދަ ކަންކަމުން ދުރުވުމަށް އެހީވެދޭ
· ވައްކަން ކުރި މީހާއަށް އޭނާ ކުރި ކުށަށް ތައުބާވުމަށް ލިބޭ ފުރުސަތަކަށް ވެގެންދޭ
· އިސްލާމްދީނުގައި ރިވެތި އަޚްލާޤުގެ މުހިއްމުކަން