ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތްތައް ހިންގާ ފަރާތްތަކަށް ހާއްސަކޮށްގެން، ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ފުރުސަތެއް އޮތް ބޮޑު ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ މެދުގައި ޑޮލަރު ކާޑުގެ ބޭނުންތެރިކަން އިތުރުކުރުމަށް ފެށި ހަރަކާތެކެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 1000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ބޭންކުން އަލަށް ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އެޕްލައިކުރަން ޖެހެއެވެ. އަދި އެ ކާޑު ބޭނުންކޮށްގެން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތެއް ހިންގަންޖެހޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ތަފާތު އެކި މުއާމަލާތްތައް ބަލައިގަނެވޭނެއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ކުރާ ވިޔަފާރިތަކާއި، އެކި ކަހަލަ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ޓިކެޓް ނެގުމުގެ އިތުރުން ޑިޖިޓަލް އެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ހިމެނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނަކީ ޑޮލަރުން މުއާމަލާތްކުރާ ކަސްޓަމަރުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށާއި، މިކަމުގެ ސަބަބުން ކާޑު ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން