ވ.އާރަށުގެ މައްސަލާގައި އަލަށް ހުށަހެޅި ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހުގެ އެކަކަށް ތާވަލްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ވ.އާރަށުގެ މައްސަލާގައި އަލަށް ހުށަހެޅި ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހުގެ އެކަކަށް ތާވަލްކޮށްފި

ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ޝަރީއަތްތަކުގެ ތާވަލުގައިވާ ގޮތުން، މި މައްސަލައިގެ ޙުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނީ ޖުލައި 1 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުތައް ހިންގުމުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ޤަބޫލުކުރެއްވުމުގެ އިތުރުން، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގައި 25 ޑިސެމްބަރު 2022 ގައި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނަމަވެސް، ހައިކޯޓުން ވަނީ 18 އެޕްރިލް 2024 ގައި ކްރިމިނަލް ކޯޓުގެ އެ ޙުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ދައުލަތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ތެރެއިން، އަލަށް ހުށަހެޅި ހެކިތަކާ މެދު ގޮތެއް ނިންމުމުގެ މަރުހަލާއެވެ.

މިއަދު އޮންލައިން