ނަފްސާނީ މައްސަލަތަކުން އަރައިގަނެވި އަހުރެންނަށް ހަމަޖެހިލައިގެން އުޅެވެނީ ޤުރްއާން އުނގަންނައިދޭތީ!: ޓީޗަރެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނަފްސާނީ މައްސަލަތަކުން އަރައިގަނެވި އަހުރެންނަށް ހަމަޖެހިލައިގެން އުޅެވެނީ ޤުރްއާން އުނގަންނައިދޭތީ!: ޓީޗަރެއް

އެއީ 40 އަހަރުގެ އަންހެނެކެވެ. ފިރިމީހާގެ ކަންކަން ހުރީ އަބަދު ބޯގޮއްވަން ޖެހޭފަދަ ގޮތަކަށެވެ. ހެޔޮލަފާ އަންތބެއްގެ ސިކުނޑިއަށް އެންމެ ބުރަވާނެ ގޮތަށެވެ.  

ކުރިމަތިވާ މައްސަލަތައް ކުޑައެއް ނޫނެވެ. އުޅެނީ އެތައް ބައިވަރު ބަލިތަކުގައެވެ. އެހެންކަމާއިއެކުވެސް ޑޮކްޓަރުން ބުނާ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެއެވެ. ޑޮކްޓަރުން ނުކުރަންބުނާ ކަންކަން ކުރެއެވެ. ނުކާން ބުނާ އެއްޗެތި ކައެވެ. އެކަމަށް ބަހެއް ބުނެފިނަމަ އޭނާ ނިކަމެތިކުރީކަމަށްބުނެ އަމިއްލައަށް މަރުވާންވެސް އުޅެއެވެ.  

މިޙާލަތުގައި ހެޔޮލަފާ އަންތބަކަށް ލިބޭނެ ހިތްދަތިކަމާއިމެދު ވިސްނަވައިލައްވާށެވެ! ކުރިމަތީގައި އަމިއްލައަށް ހަލާކުވަމުން އެދަނީ 5 ދަރިންގެ ބައްޕައެވެ. ތިމާ ނުހަނު ލޯބިވާ ފިރިމީހާއެވެ. ފިރިމީހާއަކީ އަޚްލާޤީ ގޮތުން ވަރަށް ރަނގަޅު ހެޔޮލަފާ މީހެކެވެ. ދުވަހަކުވެސް ބޭވަފާތެރިވި މީހެއްވެސް ނޫނެވެ. ހިތްހަަމ ނުޖެހުނަސް ޒުވާބެއް ނުކުރެއެވެ. އަނގައިން ނުބުނަނީއެވެ.  

މިފަދަ ޙާލެއްގައި އުޅެންޖެހުމުން ހިތަށް ކުރާނެ އަސަރު އެނގޭނީ އެފަދަ ޙާލެއްގައި އުޅެންޖެހުނު މީހަކަށެވެ. މިފަދަ ޙާލަތެއް ކުރިމަތިވި އަންހެނަކު ބުނީ އޭނާއަކީ ކުދިންނަށް ޤުރްއާން އުނގަންނައިދޭ ޓީޗަރެއް ކަމަށެވެ. "ބޯގޮވާވަރު" ބޮޑުވެގެން ނަމަވެސް ކިޔަވައިނުދެވޭ ދުވަސްދުވަހު މާބޮޑުވަރުވާކަމަށާއި ކިޔަވައިދިނުމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ. އެހެންވެ ފިކުރުތައް ކިތަންމެ ބޮޑުވި ނަމަވެސް ކިޔަވައިނުދީ ނުހުންނަ ކަމަށެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުން ކުރާ ރޫޙާނީ ފައިދާތައް ބަޔާނެއް ނުކުރެވޭނެއެވެ. އެއީ ޢަދަދުކުރެވޭނެ ކަމަކަށްނުވާތީއެވެ. މިޓީޗަރުގެ ބަސްކޮޅުންވެސް އެނގިޔަޤީންކުރެވެނީ އެކަމެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން