އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެން އަދާކުރަންޖެހޭ ޙައްޤުތައް ވަރަށް ސާފުކޮށް ދީނުން އެނގެން އެބައޮތެވެ. އެޙައްޤޢުތަކަށް ބަދަލެއް ނުގެނެވޭނެއެވެ. ޙައްޤު ލިބެންޖެހޭ މީހާ ލުއިދިނުމުން މެނުވީއެވެ.
އަނބިމީހާއަށް ލިބިގެންވާ ފައިސާގެ ތިން ހައްޤެއް ވެއެވެ.
1. ފުރަތަމަ ޙައްޤަކީ "މަހަރް". އެއީ ކައިވެނި ކުރާއިރު ދޭ ރަނުގެ ފައިސާ.
2. ދެވަނަ ކަމަކީ ދުވަހުން ދުވަހަށް ބޭނުންވާ ދިރިއުޅުމުގެ ޚަރަދުތައް. އެބައިގައި ހިމެނެނީ: 1 ކެއިން ބުއިން، 2 އަންނައުނު، 3 ބޭސްފަރުވަގެ ޚަރަދުތައް، 4 ކުރަންޖެހޭ ދަތުރުފަތުރު ކުރުމުގެ ޚަރަދުތައް، 4 އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި.
މިކަމުގައި އެކިމީހުންގެ ޚީޔާލުތައް ތަފާތުވާނެއެވެ. ވީމާ ޢާއިލާއާއިއެކު ދިރިއުޅޭނަމަ ގޭގެ އެންމެން ބޭނުންކުރާނެ ތަކެތި ގަނެނުދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އޭނާއަށް ބޭނުންވާ ތަކެތި ގަނެދޭންޖެހޭނެއެވެ.
3. ތިންވަނަ ކަމަކީ އޭނާ ބޯހިޔާކުރާނެ ގެދޮރު. "އޭނައަށް ލިބިގެންވޭ މިނިވަންކަމާއިއެކު އުޅޭނެ ވަކި ގެދޮރާއި ދިރިއުޅޭނެ ތަން، އާއިލާ އާއި ވަކިން އުޅެވޭނެފަދަ. އެއީ އޭނަގެ ޙައްޤެއް.
4 ހަތަރުވަނައަށް ފާހަގަޖކުރަންޖެހެނީ ރައްކައުތެރިކަމެވެ. އަނބިމީހާއަށް ބޭނުންވާ ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ. މިއީ ސީދާ ފައިސާއާއި ގުޅުން ހުރި ކަމެއް ނޫންކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް އެކަމަށް ފައިސާ ޚަރަދުކުރަންޖެހޭނަމަ އެޚަރަދުވެސް ކުރަންޖެހޭނެއެވެ.
ބައެއް ފަހަރު އެކުވެރިންގެ ގޮތުގައި ގެއަށް ގެންދެވޭ ބައެއް މީހުންގެ ފަރާތުންވެސް މައްސަލަތައް ކުރިމަތިވެއެވެ. ގެއަކީ ފިރިމީހާގެ ތަނެއް ނަމަވެސް އަނބިމީހާއަށް ނުރައްކަލަކަށްވެދާނެ އެއްވެސް މީހަކު ގެއަށް ވައްދައިގެން ނުވާނެއެވެ. އެފަދަ މީހަކު ގެއަށް ވެއްދިގެން ކުރިމަތިވާ މައްސަލަތަކުގެ ޒިންމާ ނަގަންވެސް ފިރިމީހާއަށް ޖެހޭނެއެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން