ތިމާއަށް ހެޔޮކޮށްހިތައި އުފަލުގަ ގެންގުޅޭނެ ބައިވެރިއަކު ހޯދުމުގަ ބެލުމުން ފައިދާކުރާނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިމާއަށް ހެޔޮކޮށްހިތައި އުފަލުގަ ގެންގުޅޭނެ
ބައިވެރިއަކު ހޯދުމުގަ ބެލުމުން ފައިދާކުރާނެ ކަންކަން-


ކައިވެންޏަށްފަހު ހެޔޮކޮށް ހިތައި އުފަލުގަ

ގެންގުޅޭނެ ބައިވެރިއަކު އިޚްތިޔާރުކުރަން މިހާރު ނުވެސް އެނގޭ! މިކަމުގެ އެހީތެރިކަމެއް ލިބޭނެ ގޮތެއް ބޭނުންވަނީ!

ތިރީގައިވާ ލިޔުމުންވެސް ކިޔުންތެރިޔާއަށް އެހީތެރިކަން ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ކާމިޔާބު ޒަވާޖީ ހަޔާތަކަށްޓަކައި ބައިވެރިއަކު އިޚްތިޔާރުކުރާއިރު ބަލަންވީ ކަންކަމާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރެއެވެ. ޖަވާބުގައި ދީނުގައިވާ މަގުން ބަލަން ބުނުމަކީ ފުރަތަމަ ބުނަންޖެހޭ ބަހެވެ. ނަމަވެސް އެވަރަކުން މިއަދަކު އަދި ނުފުދެއެވެ. ސަބަބަކީ ދީނަށް ލޯބިކުރަން އޮތްގޮތަށް ލޯބިކުރާ މީހުން މަދުވަމުން އަންނަ ކަމެވެ.  

މިކަމުގައި އަހުރެނެގެ ވިސްނުމުން ކަމެއް ބުނެލާނަމެވެ. އެގޮތުނަ ބުނާނަމަ ތިމާއަށް ހިތާމައެއް ކުރިމަތިވުމުން އެކަމުގައި ބައިވެރިވާނެ މިންވަރަށް ބަލަން އެބަޖެހެއެވެ. އަދި އަތްމަތި ދަތިޙާލެއް ކުރިމަތިވުމުން ކެތްތެރިވާނެ މިންވަރަށާއި ބައްޔެއްވެއްޖެނަމަ އަޅައިލާނެ މިންވަރަށްވެސް ބަލަން އެބަޖެހެއެވެ.  

މިހެން ބުނުމުން އުފައްދާނެ ސުވާލަކީ އެކަންކަން ބަލާނީ ކިހިނަކުން ހެއްޔެވެ؟ ވަރަށް މުހިނަމު ސުވާލެކެވެ. އެކަންކަން ބެލޭނެ ގޮތެއްވެސް ފެންނާކަށް ނެތެވެ. ނަމަވެސް ސަމާލުކަން ދެވިދާނެ ކަމެއް އެބައޮތެވެ. އެއީ ތިމާ ދަންނަ، ގާތް އެކުވެރިންގެ ތެރެއިން ތިމާގެ އަމިއްލަ ނަފްސުގެ ކަންކަމަށް ސަމާލުކަންދޭ މީހުންނާއިމެދު ވިސްނައިލުމެވެ. ލޯބިވުމުގެ ނަމުގައި ތަތްނުވެ ތިމާއަށް ހެޔޮއެދިގެން ކަންކަންކޮށްދޭ، ހެޔޮ ނަޞޭޙަތްދޭ، ތިމާއަށް ހިތްދަތިކަމެއް ނުވަތަ ތަކްލީފެއް ޖެހުމުން ކަންބޮޑުވާ މީހުންނަށް ބެލުމެވެ.  

މިބުނި ކަންކަން ކުރުކޮށްލާފައި ކައިވެނިކުރަން އެންމެ ރަނގަޅީ އެންމެ ގާތް އެކުވެރިޔާއާއި ކަމަށް ބައެއް މީހުން އެބުނަނީ މިބުނެވުނު ކަންކަމަށް ވިސްނައިފައެވެ. އެމީހުންގެ ތަޖުރިބާގެ އަލީގައެވެ!

ގިނަ ފަހަރަށް ކަންކަން މެދުވެރިވަނީ މިބުނި މަގަކުން ނޫނެވެ. ދެމީހުން ބައްދަލުވާއިރު އެކަކު އަނެކަކަށް ކަމުދާނަމަ ލޯބިވަނީއެވެ. އޭނާގެ ކަންކަމަށް އެއްވެސް ވަރަކަށް ބަލައިލުމެއްވެސް ނެތިއެވެ. ނަތީޖާއެނގެނީ ދުވަސްތަކެއް ފާއިތުވެ އަތަފައި ފިހެންފެށުމުންނެވެ.

ވީމާ އަހުރެން ބުނަން އޮތީ ފުރަތަމަކަމަކަށް ލޯބިނުވާށެވެ! ލޯބިވުމުގެ ކުރިން އަނެކާގެ މިޒާޖާއި ޚަޞީލަތް ރަނގަޅަށް ދަސްކުރާށެވެ. އެއަށްފަހު ލޯބިވެ އަވަހަށް ކައިވެނިކުރާށެވެ! އެއިރުން ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. އިން ޝާ ﷲ

 

--އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން