ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކުރުން: ހިކުމަތްތެރި އިޤްތިސާދީ މިސްރާބެއް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކުރުން: ހިކުމަތްތެރި އިޤްތިސާދީ މިސްރާބެއް

ދިވެހިރާއްޖޭގެ މިހާރުގެ އިޤްތިސާދީހާާލަތަށް ބަލާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ފާއިތުވި ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑެތި ދަރަނިތަކެވެ. މި ދަރަނިތަކުގެ ސަބަބުން ޤައުމު ބަނގުރޫޓުވެދާނެކަމުގެ ބިރުވެރިކަން އުފެދިފައި އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން ދަނީ ވަރަށް ހިކުމަތްތެރިކަމާއެކު މި ނާޒުކު ފައްތަރުން ޤައުމު ސަލާމަތްކުރަމުންނެވެ. ރައްޔިތުންގެ ބޮލުގައި އެޅިފައިވާ މި މާލީ ބުރަ ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ނެރެމުންދާ މަސައްކަތްތަކެކެވެ.

ދަރަނި އަދާކުރުމުގެ ތާރީޚީ ރެކޯޑެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1.29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައި ޚަލާޞްކޮށްފައެވެ. މިއީ މީގެ ކުރީގެ ދެ ސަރުކާރު ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ 10 އަހަރުގެ ދައުރުގައި ދެއްކި ދަރަންޏާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރައީސް ޔާމީނުގެ ފަސް އަހަރު ދެއްކިފައިވަނީ 418.18 މިލިއަން ޑޮލަރެވެ. އަދި ރައީސް ޞާލިޙުގެ ފަސް އަހަރު ދެއްކިފައިވަނީ 953.93 މިލިއަން ޑޮލަރެވެ. މި ހިސާބުތަކުން ހާމަވަނީ މިހާރުގެ ސަރުކާރުން ދަރަނި ދެއްކުމަށް ދީފައިވާ އިސްކަމާއި، ޤައުމުގެ މާލީ އިސްތިޤްލާލު ހިފެހެއްޓުމަށް ކުރާ ހިތްވަރެވެ.

ދައްކާފައިވާ ދަރަނީގެ ތަފްސީލު

މި ސަރުކާރުން ދެއްކި 1.29 ބިލިއަން ޑޮލަރުގެ ތެރޭގައި އެކި ދައުރުތަކުގެ ދަރަނި ހިމެނެއެވެ:

މި ތަފްސީލުތަކުން އެނގޭ ގޮތުގައި މިހާރުގެ ސަރުކާރުން ބޮލުގައި އަޅައިގެން މި އުޅެނީ ކުރީގެ ހުރިހާ ވެރިން އުފެއްދެވި ދަރަނިތަކެވެ. ގިނަ ދަރަނިތަކެއް ދެއްކި ނަމަވެސް، އަދިވެސް 2.34 ބިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަންޏެއް ދައްކަން އެބައޮތެވެ. މީގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ 1.14 ބިލިއަން ޑޮލަރާއި ރައީސް ޔާމީނުގެ ސަރުކާރުގެ 710.4 މިލިއަން ޑޮލަރު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި ގޮތުގައި މިއީ "އަނދަވަޅެއްގެ ފުންމިން" ފަދަ ބޮޑު ދަރަންޏެކެވެ. ނަމަވެސް، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 123.6 އިންސައްތާގައި ހުރި ދަރަނި މިހާރު ވަނީ 121.2 އިންސައްތައަށް ތިރިކުރެވިފައެވެ. މިއަދުގެ ސަރުކާރުން ދަރަނި އަދާކުރަމުންދަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްނޭޅޭ ގޮތަށް، އަދި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ނުކުރާނެ ފަދަ ރޭވުންތެރިކަމަކާއެކުގައެވެ. ދަރަނި ދައްކަން އިތުރު ދަރަނި ނެގުމުގެ އާދަ ހުއްޓާލައި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއެކު އޮތް ގުޅުން ބަދަހިކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޤައުމު އިސްކޮށް، ހިކުމަތްތެރިކަމާއެކު ކުރެވޭ މި މަސައްކަތުން، ރާއްޖެ ބަނގުރޫޓުވުމުގެ ބިރުން ސަލާމަތްވެ، އުޖާލާ މުސްތަޤްބަލަކަށް ވާސިލުވާނެކަމުގެ ޔަގީންކަން މިއަދު ވަނީ ލިބިފައެވެ.

 

މިއަދު އޮންލައިން