ހުރިހާ ދީންތަކެއްގެ ފޮތުގައިވެސް އައްޔޫބްގެފާނަށް އެހާބޮޑަށް ތަޢްރީފްކޮށްފަ އެއޮތީ އެއީ ދެދުނިޔޭގެ ކާމިޔާބީ ލިބުން ޔަޤީން ފިލާވަޅަކަށްވާތީ! ސަމާލުކަން ނުދީ ދޫކޮށްލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުރިހާ ދީންތަކެއްގެ ފޮތުގައިވެސް އައްޔޫބްގެފާނަށް އެހާބޮޑަށް ތަޢްރީފްކޮށްފަ އެއޮތީ އެއީ ދެދުނިޔޭގެ ކާމިޔާބީ ލިބުން ޔަޤީން ފިލާވަޅަކަށްވާތީ! ސަމާލުކަން ނުދީ ދޫކޮށްލަން ހެޔޮނުވާނެ!

އައްޔޫބްގެފާނުގެ ވާހަކައަކީ ހުރިހާ ދީންތަކެއްގެ ފޮތްތަކުގައިވެސް ހިމެނިގެންވާ ވާހަކައެކެވެ. ކީރިތި ޤުރްއާނުން ވަރަށް ތަފްޞީލްކޮށް އެނގެން އޮތް ވާހަކައެކެވެ.  

ވަރަށް ކުރުކޮށް ބުނެލާނަމެވެ. ތަނަވަސްކަމާއި ޢާއިލާ އާއި އަދި ޞިއްހަތު ގެއްލޭނެ އެންމެ ބޮޑަށް ގެއްލިވަޑައިގަތެވެ. އެހުރިހާ ނިޢުމަތްތައް ގެއްލިވަޑައިގަތުމުން ކުރެއްވެވީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބަކީ ކުރެއްވެވި ހަމައެކަނި ކަމަކީ ކެތްތެރިވެވަޑައިގަތީއެވެ.

ދެން އޮތް ސުވާލަކީ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ ގެއްލިވަޑައިގަތް ހުރިހާ ނިޢުމަތްތަކެއް މިދުނިޔޭގައިވެސް އަނބުރާ ލިބިވަޑައިގަތެވެ. އަދި އާޚިރަތް ދުވަހު އެންމެ ބޮޑަށް އުފާކުރައްވަވާނެ ބޭކަލަކުކަމުގައިވެސް ވަނީ ލައްވަވައިފައެވެ.  

ބުނެލަން ބޭނުންވަނީ ޒަވާޖީ ހަޔާތުގައި ދެރަގޮތެއް މެދުވެރިވިނަމަވެސް، ބައިވެރިޔާ މަރުވިނަމަވެސް އަދި ކައިވެނި ރޫޅުނަސް އަދި އެހެން ނިޢުމަތެއް ގެއްލިގެން ދިއަނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ވަކީލްކުރުމާއިއެކު ކެތްތެރިކަން އިސްކުރާށެވެ! އެމީހަކަށް މިދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

އެކަމަށް އޮތީ ހަމަ އެންމެ ޝަރުޠެކެވެ. އެއީ ތިބާއަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އަމުރުފުޅުތައް ތަންފީޒުކުރާ މީހަކު ކަމުގައިވުމެވެ. އިތުރު އެއްވެސް ކަމެއް އެކަމަކަށް ނެތެވެ. ވީމާ ތިމާގެ ހިތަށް އަސަރުކުރާ ކަމެއް މެދުވެރިވާއިރަށް ތެޅިފޮޅިނުގަންނާށެވެ! ﷲ ތަޢާލާގެ މަގުން ކައްސައިނުލާށެވެ! ކާމިޔާބީ ވަނީ ތިބާއާއިއެކުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން