އެއްދާންކުރުމުގެ މައްސަލަތަކުގަ ވަކިވުމަށްފަހު ހިތާމަކުރަންޖެހޭ މީހުން މަދެއް ނޫން! މިކަންކަމަށް ވިސްނުމުން ކުރާފައިދާ ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެއްދާންކުރުމުގެ މައްސަލަތަކުގަ ވަކިވުމަށްފަހު ހިތާމަކުރަންޖެހޭ މީހުން މަދެއް ނޫން! މިކަންކަމަށް ވިސްނުމުން ކުރާފައިދާ ބޮޑުވާނެ!

ކައުންސިލިންގ ހޯދަން އަހުރެންގެ ގާތަށް އަންނަ ގިނަ ބައެއްގެ ކިބައިން އެނގޭ އެއްކަމަކީ އެއްދާންކުރުމުގައި ދެމަފިރިންގެ މެދުގައި ބޮޑުތަފާތެއް ހުންނަނަމަ ފޫހިވެ އެއްދާން ނުކުރާ ކަމެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެވެ.  

މައްސަލައިގެ ބާވަތަށްބަލާއިރު މިކަމަށް ގޮތް ނިންމޭނީ އެމީހަކަށެވެ. ކަންކަން އެމީހަކަށް ބޭނުންވާވަރު އެނގޭނީއެމީހަކަށެވެ. ކެތްތެރިވެވޭނެވަރު އެނގޭނީ އެމީހަކަށެވެ. މިކަމުގައި އޮތީ ދެގޮތެކެވެ. އެއީ ކެތްތެރިވެ އެކުގައި އުޅުމެވެ. ދެވަނަގޮތަކީ ރިވެތިގޮތުގައި ވަކިވުމެވެ.  

ވަކިނުވެ އެކުގައި އުޅެން ބޭނުންނަމަ އޮތީ އެއްދާންކުރުމެވެ. އެކަމަށް ފުރަގަސް ނުދިނުމެވެ. ސަބަބަކީ މިޒަމާނުގައި ތިމާގެ ބޭނުންތައް ބައިވެރިޔާގެ ކިބައިން ނުފުދޭނަމަ (ޚާއްޞަކޮށް ޤަޞްދުގައި ފުއްދައިނުދޭނަމަ) ކެތްތެރިވާނީ ސަތޭކައަކުން މީހެކެވެ.  

ދެން ކުރިމަތިވާ މައްސަލައަކީ ދެމަފިރިން ރިވެތި ގޮތުގައި އުޅެމުން ދަނިކޮށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ހަށިގަނޑަށް ބަދަލުތައް އައުމެވެ. ގިނަ ބައެއްގެ ސުވާލަކަށްވަނީ އެޙާލަތުގައި ވަކިވުން ހުއްދަވާނެތޯއެވެ؟ ޖަވާބަކީ އެއީ ވަކިވާން ޖެހެންވީ ސަބަބެއް ނޫނެވެ. ބޭސްފަރުވާކުރެވެން އޮތުމުންނެވެ. އަދި ތިމާއަށްވެސް އެފަދަ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ބަލައި ކެތްރިކަން އިސްކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ވަކިވުމާއިމެދު ވިސްނަންވެސްވާނީ ބޭސްފަރުވާކުރުމުންވެސް ޙައްލެއް ފެނުމުގެ އުންމީދު ނެތްނަމައެވެ.  

މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ދެމަފިރިން ވަކިވުމުން އެކަމުގެ ނިކަމެތިކަން ލިބޭ ދަރިން ގިނަވަމުން އަންނާތީއެވެ. އެއީ އެންމެ ބޮޑު މައްސަލައަށްވެފައިވާތީއެވެ. ނިންމާލަމުންވެސް ނަޞީޙަތްތެރިވާން ބޭނުންވަނީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދެމަފިރިން ވަކިނުވުމެވެ. ކެތްތެރިކަން އިސްކޮށްގެން އެކުގައި އުޅެން މަސައްކަތްކުރުމަށެވެ.  

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިބާވަތުގެ މައްސަލަތަކުގައި ކެތްތެރިކަން ކުޑަކޮށްލައި ދެން ގުޅޭ މީހާގެ ކިބައިން ލިބޭ އެހެން އަނިޔާތައް ބޮޑުވެ ކުރީގެ ބައިވެރިޔާގެ ގާތުން ދުރަށް ދެވުނީތީ ނުވަތަ ވަކިވެވުނީތީ ހިތާމަކުރަންޖެހޭ މީހުންވެސް މަދެއް ނޫނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން