ކައްވަޅުގެ ޢަޛާބަށް ބިރުވެތިވާންޖެހޭ މިންވަރު މިޙަދީޘްތަކުން އެކަނިވެސް ވަޒަންކޮށްލެއްވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 2ސ
ކައްވަޅުގެ ޢަޛާބަށް ބިރުވެތިވާންޖެހޭ މިންވަރު މިޙަދީޘްތަކުން އެކަނިވެސް ވަޒަންކޮށްލެއްވޭނެ! އިން ޝާ ﷲ

1 عَنْ أَنَسٍ رَضِىَ اللهُ عَنْهُ  قَالَ:  قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  لَولاَ أَنْ لاَ تَدَافَنُوْا لَدَعَوتُ اللهَ أنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ، (1) )  رواه المسلم) 

މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَنَس ގެފާނު ވިދާޅުވި އެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدِيث ކުރެއްވި އެވެ. (ތިޔަބައިމީހުން ގަންނަ ބިރެއްގެ ސަބަބުން) ތިޔަބައިމީހުންގެ مَيِّتُ ން ވަޅުލުން ދޫކޮށްލާފާނޭ ކަމުގެ ބިރު ހީފުޅުނުވާނަމަ، ކަށްވަޅުގެ عَذَابُ ދެއްވާއަޑު، ތިޔަބައިމީހުންނަށް އިއްވެވުމަށް އެދި ﷲ އަށް دُعَاء ކުރެއްވީމު އެވެ.  

މި حَدِيث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَبُو هُرَيْرَة ގެފާނުގެ އަރިހުން ރިވާވިއެވެ. ހަމަކަށަވަރުން سَلاَم އާއި صَلَوَاة ލެއްވި نَبِى ކަލޭގެފާނު حَدِيث ކުރެއްވިއެވެ. ތިޔަބައި މީހުންކުރެ މީހަކު ފަހު اَلتَّحِيَّات ކިޔައި ނިމިއްޖެއްޔާ ހަތަރު ކަމަކުން ދުރުކުރެއްވުން އެދި، ﷲ ގެ حَضْرَة ން ރައްކާތެރިކަން ލިބިގަންނަ ހުށިކަމެވެ. އެއީ، ނަރަކައިގެ عَذَاب ން ނާއި، ކަށްވަޅުގެ عَذَاب ންނާއި، ދިރިހުރުމާއި މަރުވުމުގެ فِتْنَة އިންނާއި الْمَسِيْحُ الدَّجَّال ގެ فِتْنَة އިން ނަޖާ ކުރެއްވުން އެދިއެވެ. 

3 عَنْ عُثْمَانَ رَضِىَ اللهُ عَنْهُ قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ اِسْتَغْفِرُوا لِأَخِيْكُمْ وَسَلُوْا لَهُ التَّثْبِيْتَ فَإِنَّهُ الْآنَ يُسْأَلُ. (1) 

މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި عُثْمَان ގެފާނުގެ އަރިހުން ރިވާވެގެންވިއެވެ، އެކަލޭގެފާނު ވިދާޅުވިއެވެ. سَلاَم  އާއި، صَلَوَات ލެއްވި نَبِى ކަލޭގެފާނު مَيِّت އާ ވަޅުލައްވައި ނިމިއްޖެއްޔާ އެތަނުގައި ހުއްޓިވަޑައިގެން ހުންނަވައި، حَدِيث ކުރައްވާ ކަމުގައި ވިއެވެ. ތިޔަބައި މީހުންގެ أَخ އާ އަށް ފާފަ ފުއްސެވުން އެދި دُعَاء ކުރާށެވެ. އަދި އޭނާއަށް ثَابِتْ ކަންދެއްވުންއެދި دُعَاء ކުރާށެވެ. އެހެނީ، ހަމަކަށަވަރުން މިހާރު އޭނާއާ (ކަށްވަޅުގެ) سُؤَالً އެބަ ކުރައްވައެވެ.

_________________________________

(1)          اَبُوْ دَاودَ  والْحَاكِمُ وَصَحَّحَهُ وَالْبَزَّارُ. 

4 عَنْ أَنَسٍ رَضِىَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: اَلْعَبْدَ إِذَا وُضِعَ فِي قَبْرِهِ وَتُوُلَّىَ وَذَهَبَ أَصْحَابُهُ- حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُوْلانِ لَهُ: مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَقُوْلُ: أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ، فَيُقَالُ: اُنْظُرْ إِلَى مَقْعَدِكَ مِنَ النَّارِ أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ قَالَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَيَرَاهُمَا جَمِيعًا, وَأَمَّا الْكَافِرُ أَوِ الْمُنَافِقُ – فَيَقُولُ: لا أَدْرِي كُنْتُ أَقُولُ مَا يَقُولُ النَّاسُ فَيُقَالُ:  لا دَرَيْتَ وَلا تَلَيْتَ ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضّرْبَةً بَيْنَ أُذُنَيْهِ فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ يَلِيهِ إِلَّا الثَّقَلَيْنِ.(1) 

މި حَدِيث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَنَس ގެފާނުގެ އަރިހުން ރިވާވިއެވެ. سَلاَم އާއި صَلَوَات ލެއްވި نَبِى ކަލޭގެފަނު حَدِيث ކުރެއްވިއެވެ. އަޅާ އޭނާގެ ކަށްވަޅު ގައި ބޭއްވި، އަދި އޭނާ ވަޅުލާންދިޔަ މީހުން އޭނާ ދޫކޮށް އެނބުރި ދާން ފަށާހިނދު، ހަމަ ކަށަވަރުން އެބައިމީހުން ފައިވާނުގައި ހިގާފައިދާ އަޑު އެ مَيِّت  އާޔަށް އިވިއިވި ހުންނާނެއެވެ. ހަމަ އެހިނދު ދެ مَلاَئِكَة ން ވަޑައިގެން އޭނާ ބައިންދަވައިގެން އޭނާއާ سُؤَال ކުރައްވާނެ އެވެ. މި مُحَمَّدُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާމެދު ކަލޭގެ ބަހަކީ ކޮބައިހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހަމަ ކަށަވަރުން އެކަލޭގެފާނަކީ ﷲ ގެ އަޅާ ކަމަށާއި، އެކަލާނގެ رَسُوْل  ކަމަށް ހެކިވަމެވެ. އެ مَيِّت އާޔަށް ބުނެވޭ ހުއްޓެވެ. ނަރަކައިން ކަލެއަށް ހުރި ޖާގައާއި، އެޖާގައިގެ ބަދަލުގައި ، ﷲ ކަލެއަށް ސުވަރުގެއިން ދެއްވާ مَقَام ދެކޭށެވެ. سَلاَم އާއި صَلَوَات ލެއްވި نَبِى އާ ޙަދީޘް ކުރެއްވި އެވެ. ފަހެ އެދެތަން އެކުއެކީގައި އޭނާ ދެކޭނެއެވެ. ދަންނާށެވެ! كَافِر އާ، ނުވަތަ مُنَفِق އާ ( އެ سُؤَال ގެ ޖަވާބުގައި ) ދަންނަވާނެއެވެ. އަޅުގަނޑަކަށް ނޭގެއެވެ. މީސްތަކުން ބުނެއުޅުނު އެއްޗެއް އަޅުގަނޑުވެސް ބުނެއުޅުނު ކަމުގައި ވީމެވެ. އޭނާއަށް ބުނެވޭނެއެވެ! ކަލޭ ތަނެއްދޮރެއް ނުދަންނަމުތާ އެވެ! ދެން ދަގަނޑު ހަންމުއްޓަކުން އޭނާގެ ދެކަންފަތުގެ ދެމެދުގައިވާ ތާނގައި، (އެބަހީ، އޭނާގެ މޫނުމަތީގައި ) ވަރަށް ބާރަށް ޖެއްސެވޭނެ އެވެ. ފަހެ އޭނާ ވަރަށް ބާރަށް ހަޅޭއްލަވައި ގަންނާނެ އެވެ. އޭނާގެ ހަޅޭކުގެ އަޑު އިންސީންނާއި، ޖިންނީން ފިޔަވައި އޭނާގެ ވަށައިގެންވާ ކޮންމެ مَخْلُوْق އަކަށް ވެސްއިވޭނެއެވެ. " ،މިއެވެ.

______________________________

(1)          رواه البخارى : ބައްލަވާ فتح البارى :  3/205

 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން

 

 

މިއަދު އޮންލައިން