ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤާ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަޒީރު އަހުމަދު ޝިޔާމްއާއި ސްޓޭޓް މިނިސްޓަރ އަމިމިނަތު ހުސައިން ޝަރީފްއާއި މުހައްމަދު މުއްތަލިބުގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީގުގެ އިތުރުން އެމްޕީއެލްގެ އިސްވެރިންވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުންފުނީގެ ސީ.އީ.އޯ ވަނީ އަރުވާފައެވެ. މީގެ އިތުރުން، އައްޑޫގައި ގާއިމްކުރުމަށް ނިންމާފައިވާ ފިޝަރީޒް އެންޑް މެރިޓައިމް ހަބާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން