ބީއެމްއެލްގެ އޭޓީއެމްއެއް ފުވައްމުލަކު ސިޓީގެ އެއަރޕޯޓު ސަރަހައްދުގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބީއެމްއެލްގެ އޭޓީއެމްއެއް ފުވައްމުލަކު ސިޓީގެ އެއަރޕޯޓު ސަރަހައްދުގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކު ސިޓީގެ އެއަރޕޯޓު ސަރަހައްދުގައި އައު ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި، އެ ސިޓީގައި ދެމުންދާ ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފިއެވެ. މިއީ ފުވައްމުލަކު ސިޓީގައި ބޭންކުން ގާއިމްކުރި 4 ވަނަ އޭޓީއެމްއެވެ.

ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އަބަދުވެސް ބޭނުންވާ މުހިންމު ޚިދުމަތެކެވެ. ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ގާއިމްކޮށްފައިވާ މި ސެލްފްސަރވިސް ބޭންކިންގ އޭޓީއެމްތަކަކީ އާންމުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ޚިދުމަތެކެވެ. އަދި މި ޚިދުމަތް ބޭނުންކުރަމުންދާ މިންވަރުން އެކަން ވަރަށް ސާފުކޮށް ހާމަވާކަމަށްވެސް ބޭންކުން ފާހަގަކުރެއެވެ.

ފުވައްމުލަކު އެއަރޕޯޓު ސަރަހައްދުގައި އަލަށް ހުޅުވި މި އޭޓީއެމްއާއެކު، އެ ސިޓީގެ ރައްޔިތުންނަށާއި އެއަރޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ބޭންކިންގ ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ބީއެމްއެލްއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ތައާރަފްކޮށްފައެވެ.

މި އައު އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން