އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ޢުމުރުން ދުވަސްވުމުގެ ސަބަބުން މިދިއަ އަހަރުވެސް ހަމައަށް ފަރުޟު ރޯދަ ނުހިފުނު މީހުންނެވެ. އެފަދަ މީހުންނަށްޓަކައި ﷲ ތަޢާކާ ވަނީ ވަރަށް ބޮޑު "ހަދިޔާއެއް" ދެއްވަވައިފައެވެ. އަވަހަށް ލިބިގަންނާށެވެ!
وَعَنِ اِبْنِ عَبَّاسٍ -رَضِيَ اَللَّهُ عَنْهُمَا- قَالَ:
( رُخِّصَ لِلشَّيْخِ اَلْكَبِيرِ أَنْ يُفْطِرَ، وَيُطْعِمَ عَنْ كُلِّ يَوْمٍ مِسْكِينًا، وَلَا قَضَاءَ عَلَيْهِ) رَوَاهُ اَلدَّارَقُطْنِيُّ، وَالْحَاكِمُ، وَصَحَّحَاهُ .
وَعَنِ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. { ދުވަސްވީ މުސްކުޅިންނަށް ރޯދަ ދޫކޮށްލުމުގެ ލުއިފަސޭހަކަން ދެވިފައިވެއެވެ. އަދި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. އަދި ޤަޟާކުރުމެއް ނުވެއެވެ.}
ރިވާކުރެއްވީ الإِمَامُ الدَّارَقُطْنِيُّ އާއި الإِمَامُ الْحَاكِمُ އެވެ. އަދި ދެބޭފުޅުންވެސް ޞައްޙަކުރެއްވިއެވެ.
މަންމަ، ބައްޕަ ނުވަތަ ތިާ ބަލަހައްޓަމުން ގެންދާ ޢުމުރުން ދުވަސްވެ ރޯދަ ނުހިފުނު މީހުންނަށްޓަކައި ދެއްވަވާފައިވާ މިބޮޑު ލުއިކަމުގެ ބޭނުން ހިފައި އަވަހަށް އެކަން ނިންމައިލަމާތޯއެވެ؟ ކޮންމެ ހެޔޮ ކަމަކަށްވެސް އޮތީ އަވަސްވެގަތުމެވެ.
- މިއަދުނޫސް