ޕޭޕަލްއިން ކުރި އިތުބާރަކީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޒަމާނީވާން އެޅުނު މުހިންމު ފިޔަވަޅެއް: ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޕޭޕަލްއިން ކުރި އިތުބާރަކީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޒަމާނީވާން އެޅުނު މުހިންމު ފިޔަވަޅެއް: ސައީދު

ޕޭޕަލްއިން ކުރި އިތުބާރަކީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޒަމާނީވާން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ޚިދުމަތް ތަޢާރަފު ކުރުމާ ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރަކީ ޤައުމުގެ ކުރިމަގު ކަމަށާއި، ޕޭޕަލްއާއެކު ރާއްޖޭގެ ޒުވާނުންނަށް ކުރިން ފަހިވެފައިނުވާ އެތައް ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ޤައުމަކަށް ޕޭޕަލްއިން ކުރި އިތުބާރަކީ އެހެން ޕޭމަންޓް ގޭޓްވޭތައް އައުމަށް ހުޅުވުނު ދޮރެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ކަމިން އޮފް ޕޭޕަލް، ދެއަރ ބިލީފް، ޓްރަސްޓް އިން މޯލްޑިވްސް، މިވެގެންދާނެ ވަރަށް ގިނަ ސިމިލަރ މިކަހަލަ އީ-ވޮލެޓްސް އަދި ޕޭމަންޓް ގޭޓްވޭސްތަކާއި އަދި އިތުރަށް ރާއްޖޭގެ މާލީ ނިޒާމު އިންޓަގްރޭޓް ކުރުމުގައި ރާއްޖެ މޮޑަނައިޒްވާނެ ސްޓެޕިން ސްޓޯނަކަށް." ކަމަށެވެ.

މީގެ އިތުރުން، ގޫގަލްއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަޝްވަރާތަކާއެކު އެ ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއަކީވެސް ރާއްޖޭގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ބޮޑު ކުންފުންޏަކުން ރާއްޖެފަދަ ކުޑަ ޤައުމަކަށް އިތުބާރުކޮށް ބޮޑު މަޝްރޫއެއް ހިންގުމަކީ ޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ލިބޭ ފަޚުރެއްކަން ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން