ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭނުންކުރާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ނުވަތަ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ބޭންކުން ނިންމައިފިއެވެ. މި ބަދަލާއެކު ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ބީއެމްއެލް އިން ބުނެފައިވަނީ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އެންމެ ފަހުގެ އިންތިޒާމްތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ބަދަލުތަކުގެ ފައިދާ ލިބިގެންދާނެ ކަމަށް ބޭންކުން ޔަގީންކަން ދެއެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެއް ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ. މި މަސައްކަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކުތަކާ އަޅާކިޔާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރުވެސް އެންމެ ބޮޑު ލިމިޓެއް ދޫކުރަމުންދަނީ ގައުމީ ބޭންކް، ބީއެމްއެލް އިންނެވެ. މި ގެނެވޭ ބަދަލާއެކު ކަސްޓަމަރުންނަށް އޮންލައިން ވިޔަފާރިތަކާއި ބޭރުގެ އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން