އަމިއްލަ މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ތިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަމިއްލަ މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ތިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

އަމިއްލަ މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ދިވެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާގެ އިތުރުން އެހެން މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރުގެ ތެރޭގައި މެދުރާއްޖެތެރޭގެ ރަށެއްގައި ވިހޭ ތުއްތު ކުއްޖަކު މަރާލި މައްސަލައެކެވެ. އާންމުކޮށް ހުޅުވައިނުލައި ސިއްރުން ކުރިއަށް ގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެ، އިއްވާފައިވަނީ ޖަލު ހުކުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުން ވެސް ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވައިލާފައެވެ.

މި ބިރުވެރި ހާދިސާ ހިނގި ގޮތުގެ ތަފްސީލަށް ބަލާއިރު، ތުއްތު ކުއްޖާ މަރާލުމުގައި އެންމެ އިސްކޮށް އުޅުނީ އެ ކުއްޖާގެ މާމައެވެ. އޭނާގެ އިތުރުން މިކަމުގައި ބައިވެރިވެފައިވަނީ މާމަގެ ލޯބިވެރިޔާއާއި، ތުއްތު ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ.

މަރާލި ކުއްޖާގެ މަންމައަކީ ހާދިސާ ހިނގިއިރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ. އަދި އެ ކުއްޖާއަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެއް ކަމަށް ތުހުމަތު ކުރެވޭއިރު، ކުއްޖާގެ ބައްޕައަކީ މި މައްސަލައިގައި ދެން ހިމެނޭ މީހާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެ މީހާ ވެސް މިހާރު ހުރީ ޖަލު ހުކުމެއްގައެވެ.

މި ހާދިސާއަކީ ދިވެހި މުޖުތަމައު ސިއްސުވާލި ހިތާމަވެރި އަމަލަކަށްވާއިރު، ގިނަ ދުވަސްތަކަކަށްފަހު ކްރިމިނަލް ކޯޓުން މިވަނީ މި މައްސަލައިގައި އިންސާފު ގާއިމުކޮށްފައެވެ.

މިއަދު އޮންލައިން