މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ މިއަދު މާލޭގައި ބާއްވައިފިއެވެ. އިސްމާޢީލު މުޙައްމަދަކީ ދީނީ ގޮތުންނާއި އިލްމީ ގޮތުން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އިސްމާޢީލު މުޙައްމަދުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މި ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ކަށުނަމާދުގައި ބައިވެރިވެފައެވެ.
ކަށުނަމާދަށްފަހު މަރުހޫމް ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ. ފަސްދާނުލުމުގެ ރަސްމިއްޔާތުގައިވެސް ދައުލަތުގެ އިސްވެރިންނާއި އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.