ޙަޤީޤީ ލޯތްބަކީ މިއީ!: ހިތުގެ ލޯބިވެރިޔާ ހޯދަން މީހަކުވާނެ އެންމެ ބޮޑު ޤުރްބާނީވި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޙަޤީޤީ ލޯތްބަކީ މިއީ!: ހިތުގެ ލޯބިވެރިޔާ ހޯދަން މީހަކުވާނެ އެންމެ ބޮޑު ޤުރްބާނީވި ޒުވާނެއްގެ ވާހަކަ-

އަންހެނަކު ބަލިވެއިނުމުން ގޮސް ދަރިފުޅުގެ ބައްޕައާއި ބައްދަލުކޮށް ބަލިވެއިން ވާހަކަ ބުނުމުން އޭނާދިން ޖަވާބަކީ "ކިތަންމެ އަންހެނަކު ތިއަހެން ބުނެފިއެވެ. އަހުރެން ސަމާލުކަމެއް ނުދެމެވެ. ކުރިކަމެއް ކުރީ ހިލެއަކު ނޫނެވެ. ހިތްފުރެންދެން ހަދިޔާދީފައެވެ."

އޭނާއަށް ބާރަށް ރޮވެން ފެށިއެވެ. "އަހުރެންނާއި ކައިވެނިކުރާނެކަމަށްބުނެ ވެފައިވާ ވަޢުދުތައްމަތިން މިހާއަވަހަށް ހަނދާން ނައްތައިލީހެއްޔެވެ؟" އޭނާގެ ޖަވާބަކަށްވީ "ކަމެއް ޙާޞިލުކުރަންއުޅޭއިރު އެބާވަތުގެ ކިތަންމެ ވާހަކަތަކެއް ދެއްކޭނެއެވެ. އެއިން އެއްވެސް ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ."  

އަދިވެސް ބުންޏެވެ. "ކަލޭގެ ރީތިކަމުން ތިއަ ދަރިފުޅަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނަމެވެ. ނަމަވެސް އަހުރެންގެ އަންތބަކަށްވުމުގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާށެވެ! ކައިވެނިކުރުމާއިމެދު އަދި އަހުރެން ނުވެސް ވިސްނަމެވެ. ވީމާ ރަނގަޅުވާނީ އަވަހަށް މިގެއިން ނުކުމެގެން ދިއުމެވެ."  

އަންހެން މީހާއަށް ޖެހުނީ ރޮއި ކަރުނައަލަމުން ނުކުމެގެންދާށެވެ. ކުޑަ ވަޤުތުކޮޅެއްގެ އުފަލަށްޓަކައި ކުރެވުނު ކަމަކުން ޢުމުރަށް މުޅިދުނިޔެއަށް ފަޟީޙަތްވާން ޖެހުނީއެވެ. އަދި އެހައިމެ ބޮޑު ތަކްލީފެއްވެސް އުފުލަންޖެހުނީއެވެ.  

މިޙާލަތުގައި އަންހެން މީހާގެ ހިތަށް ކުރާނެ އަސަރު ހިތްމައްޗަށް ގެންނާށެވެ. އެނބުރި ގެއަށް ގޮސް 3 ދުވަސްވަންދެން ކޮޓަރިން ނުނުކުމެ އޮތެވެ.

އޭނާއަށް ކަންކަން އެނގުނު ގޮތެއްވެސް ނުއެނގެއެވެ. ދޮރުގައި ޓަކިޖެހުމުން ހުޅުވިއިރު ދޮރުމަތީގައި ހުރީ އެއްވެސް ގުޅުމެއް ނުހިންގައި ލޯބިން ކައިވެނިކުރުން އެދި ފަހަތުން ހިނަގަމުން އައި ޙަޤީޤީ ލޯބިވެރިޔާއެވެ. އަނގައިން ނުބުނެ ދޮރުލައްޕަންވެސް ހިތަށްއެރިއެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. އިރުކޮލަކު ބަލަހައްޓައިގެން ހުރެފައި އޭނާގެ އެދުމަށް ސިޓިންގރޫމަށް ނުކުތީއެވެ.  

ލަދުން އިސްދަށަށް ޖަހައިގެން އިނދެ ކަންކަން މެދުވެރިވެފައިވާގޮތް ތެދަށް ކިޔައިދިނުމުން އޭނާ ބުންޏެވެ. "ވާންހުރި ކަމެއް ވާނެއެވެ. ތިއޮތީ ތިއަކަންތައްވެފައިތާއެވެ. މިހާރު ތިބާއަށް ކައިވެނި ޞައްޙައެއްވެސް ނުވާނެއެވެ. ހަށިހުއްދަނޫންވީމައެވެ. އެކަމަކު ގޮތެއް އެބައޮތެވެ. ޑަމީ ކައިވެންޏެއްކޮށް ފަޟީހަތްވުމުން ތިބާ ސަލާމަތްކޮށްދީފާނަމެވެ. ވިހައި ގަދަވީމާ އަޞްލުކައިވެނިކުރާނީއެވެ. މިކަން ކުރަން މިނިންމީ ތިބާ އަހުރެންދެކެ ލޯބިވެދާނެ ކަމުގެ އުންމީދުގައެއް ނޫނެވެ. އަހުރެންމިކޮށްދޭ ކަންތަކުގެ އަގުވަޒަންކޮށް "ޖަނަވާރުނުވެ" އެކުގައި އުޅެފާނެ ކަމުގެ އުންމީދުގައެވެ."  

ޑަމީ ކައިވެންޏަށް 5 އަހަރެވެ. ޙަޤީޤީ ކައިވެންޏަށް 4 އަހަރެވެ. އެއަނބިމީހާ ފަދަ ފިރިމިހާދެކެ ލޯބިވާ އަންތބަކު މަދުވާނެއެވެ. ހިތްދަތިކަމަކާއެކުވެސް ހިތުގެ ލޯބިވެރިޔާ ލިބުމުން ފިރިމީހާ ހުންނަނީ އުފަލުން ފރުރިގެންނެވެ.  

ބުނެލަން އޮތީ ތިމާދެކެ ލޯބިވާ މީހާއަސް ފުރަގަސްދީ ހިތްއެދޭގޮތަށް އުޅޭނަމަ ކުރިމަތިވާނީ އޭނާއަށް ދެރަދިން ފަދަ މީހުންނާއިއެވެ. ޢިފަތްތެރިކަމާއިއެކު ކައިވެނިކުރަންލިބޭ ފުރުޞަތު ދޫކޮށްނުލާށެވެ. ކޮންމެ މީހަކަށް މިފަދަ ޙަޤީޤީ ލޯބިވެރިއަކު ލިބުމަކީ ނުވާނެ ކަމެކެވެ.

 

- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން