ޢިބްރަތްތެރި ވާހަކަ: ނޯކަރުގެ ވެސް ފިރިމީހާގެވެސް ކުށެއްނެތި އަނބިމީހާ ނުބައި ތުހުމަތުކޮށް ނޯކަރަށް އަނިޔާކުރުމުން ނޯކަރަށް ހެޔޮލަފާ ތަނަވަސް ފިރިމީހާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޢިބްރަތްތެރި ވާހަކަ: ނޯކަރުގެ ވެސް ފިރިމީހާގެވެސް ކުށެއްނެތި އަނބިމީހާ ނުބައި ތުހުމަތުކޮށް ނޯކަރަށް އަނިޔާކުރުމުން ނޯކަރަށް ހެޔޮލަފާ ތަނަވަސް ފިރިމީހާ ލިބުނު ގޮތުގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ގޭގައި އުޅެނީ އޭނާގެ އިތުރަށް ދޮށީ ދައްތައާއި ނޯކަރު އަންހެނެކެވެ. އަންހެނެއްކަމަށް ބުނި ނަމަވެސް ޢުމުރުން 27 އަހަރެވެ. ގޭގައި އޮންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ. ނޯކަރެއްކަމަކު އޭނާވެސް ގެންގުޅެނީ އެއްބަނޑު އުޚުތެއް ފަދައިންނެވެ.  

ކައިވެނިކޮށް އަނބިމީހާ ގެއަށް ގެނެވުމުން 4 މީހުން ހަމަވިއެވެ. އެންމެން އެކުގައި ތިބެގެން ފިރިމީހާ އަނބިމީހާއަށް ދިން ފުރަތަމަ ނަޞީޙަތަކީވެސް އެންމެން (3 އަންހެނުން) ގުޅިގެން އުޚުތުން ފަދައިން އުޅުމެވެ. ޚާދިމާއަކީ ނޯކަރެއްކަމަށް ނުދެކި އޭނާއަށްވެސް ޙައްޤު އިޙްތިރާމް އަޑާކުރުމެވެ.  

އަނބިމީހާއަށް މިކަން ބަލައެއް ނުގަނެވުނެވެ. ހީކުރެވުނީ ފިރިމީހާއާއި ގުޅުމެއް އޮންނަނީ ކަމަށެވެ. އެހެންވެ ޚާދިމާއަށް އިލޮށިފަތިން އަދަބުދޭން ފެށިއެވެ. އިލޮށިފަތިން ތަޅަން ފެށިއެވެ. ޚާދިމާ އެވާހަކަ ނުދައްކައެވެ. ކެތްތެރިވެ ދުޢާކުރުންމަތީގައި ހުރީއެވެ.  

ދައްތައާއި ދެބެއިން އޮފީސްނިންމާފައި ގެއަށް އައިސް ކައްކާފައި ހުރިއެއްޗެއް ބަލައިލަން ބަދިގެއަށްދިއައިރު ޚާދިމާ ފެންނަން ނެތުމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވައި ބަލައިލިއިރު އޭނާ މަސައްކަތްކުރަނީ ބުރަކަށީގައި ހުރި ފިތްތަކެއްގައި ތެޔޮ އުނގުޅާށެވެ. ވީގޮތަކާއިމެދު ސުވާލުކުރުމުން ދޮގުނުހަދަންވެގެން އޭނާއަށް އުޅެންޖެހިފައިވާ ޙާލުކިޔައިދިނެވެ.  

ދައްތައަށް ލިބުނު ސިހުމާއިއެކު ބާރަށް ކޮއްކޮއަށް ގޮވައިލެވުނެވެ. ކޮއްކޮ އައުމުން ނޯކަރުގެ ބުރަކަށި ދައްކާފައި ކަންކަން ވަމުން އަންނަ ގޮތް ކިޔައިދިނެވެ.  

3 މީހުން އެކުގައި ސިޓިންގރޫމަށްގޮސް އަނބިމީހާއަށް ގޮވައި ގެނުވައި ސުވާލުކުރުމުން ހެދީ ދޮގެވެ. ބުނީ ދުވަހަކުވެސް ނުޖަހާ ކަމަށާއި ތިއަވާނީ އަމިއްލައަށް ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ފިރިމީހާ ބުނީ ބުރަކަށީގައި އަމިއްލައަށް އިލޮށިފަތިން ތަޅާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.  

އަނބިމީހާ ބުނީ ނޯކަރުގެ ކޮޅަށް ތިއަވަރަށް ބުރަވެވެނީ ދެމީހުން ހިތާވެގެންއުޅޭތީ ކަމަށެވެ. އަދި ރުޅިއައިސް އެއްޗެތިގޮވަމުންގޮސް އަނިޔާކުރިންކަމަށާއި އަދިވެސް އަނިޔާކުރާނެ ކަމަށްވެސް ބުންޏެވެ. އެއީ ދެމީހުން ހިތާވެގެން އުޅޭތީކަމަށްވެސް ބުންޏެވެ.  

ފިރިމީހާ ޒުވާބުކުރާކަށް ނުހަދައެވެ. ބުނީ އަނބިމީހާގެ ޙަޤީޤަތް އެނގިއްޖެކަމަށާއި މިހިސާބުން ކައިވެނިނިމުނީކަމަށެވެ. އަވަހަށް ގެއަށް ދިއުމަށެވެ. ކޮއްކޮގެ ނިންމުމަށް ދައްތަވެސް ތާއީދުކުރިއެވެ.  

ކައިވެނިކޮށް އެކުގައި އުޅެ އުފާވެރިކަން ލިބިގަންނަމުން އައިސް ކުއްލިއަކަށް އެކަނިވާންޖެހުމުން ފިރިމީހާއަށް އުނދަގޫތައްވާން ފެށިއެވެ. އެކަނި ހުރުން އުނދަގޫކަމަކަށްވިއެވެ. ވިސްނުމަށްފަހު ނިންމީ ޚާދިމާއާއި ކައިވެނިކުރުމަށެވެ. އެއީ އެގޭގެ ޚިދުމަތުގައި އުޅޭތާ 5 އަހަރުވެފައިވުމުން އޭނާގެ ކިބައިގައި ހުރި ރިވެތި އަޚްލާޤީ ސިފަތައް ޔަޤީންކުރެވޭތީއެވެ.  

އެކައިވެންޏަށް މިހާރު 10 އަހަރުވީއެވެ. ދިރިއުޅެމުން އަންނަނީ ދެމަފިރިއަކަށް އުޅެވޭނެ އެންމެ އުފަލުގައެވެ.  

އެޚާދިމާއަކީ އަޅުގަނޑުގެ އެންމެ ގާތްއެކުވެރިޔާއެވެ. އަޅުގަނޑަށް މިޙާދިށާއިން ވިސްނުނީ ވަރަށް ތަފާތު ކަމެކެވެ. އެއީ ނުބައި އެސްފީނާއެއް ހެޔޮ ގޮތަކަށް ބަދަލުވިކަމެވެ. އެއަންހެންމީހާ ކުރަމުން އައި ނުބައި ތުހުމަތުތަކުގެ ސަބަބުން ޚާދިމާއަށް ބޮޑު ފައިދާއެއް ކުރީއެވެ. ސަބަބެއް ނެތި ނިކަމެތިންނަށް ނުބައިކޮށް ކަންކަން ކުރުމުން މިފަދަ ގޮތްތައް ވަރަށް ގިނައިން ކުރިމަތިވެއެވެ. އަނިޔާ ލިބޭ މީހާއަށް އެކަމަސް ހެޔޮ ބަދަލު ދުނިޔޭގައިވެސް ލިބެއެވެ.

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން