ތިމާއަށާ މައިންބަފައިންނަށް އަދި އެންމެހާ މުއްމިންތަކުންނަށް ފާފަ ފުއްސެވުން އެދި ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާއަށާ މައިންބަފައިންނަށް އަދި އެންމެހާ މުއްމިންތަކުންނަށް ފާފަ ފުއްސެވުން އެދި ކުރަން ފައިދާހުރި ދުޢާއެއް!

މިއީ ކުރު، ދަސްކޮށްލަންވެސް ފަސޭހަ ސަޖިދައިގަ އޮވެގެންވެސް ކުރަން ފައިދާހުރި ދުޢާއެކެވެ. "މުއުމިންތަކުންނަށް" ދުޢާ ހުރިހާ މުއުމިނުންނަށް ރައްދުވާނެކަން އެއީވެސް އެންމެ ފައިދާހުރި އެއްކަންތަކެވެ. އެއީ މަލާއިކަތުން "އާމީން" ވިދާޅުވުމުން ހުރިހާ މުއުމިނުންގެފަރާތުން ތިބާއަށް މިދުޢާ ރައްދުވެގެންދާނެ ކަމަށްޓަކައެވެ.   

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމް ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިން ތަކުންނަށް ފާފަފުއްސަވާނދޭވެ!"

إبراهيم 41 

މިދުޢާގައި ތިމާއާއި މައިންބަފައިންނާއި އަދި އެންމެހައި މުއުމިނުން ހިމެނިފައިވުމުން މިއީ ވަރަށް މުހިންމު ދުޢާއެކެވެ. ޤުރްއާނުގައި އޮތުމުން ނަމާދުގެ ސަޖިދައިގައިވެސް ކުރުން ރަނގަޅު ދުޢާއެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން