10,000 ރުފިޔާގެ ފައިސާގެ އިނާމްލިބޭ އެމްއެސްއެމްއީ ޕިޗް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
10,000 ރުފިޔާގެ ފައިސާގެ އިނާމްލިބޭ އެމްއެސްއެމްއީ ޕިޗް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބާއްވާ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީސީސީ އާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާ ގުޅިގެން ބާއްވާ މި މުބާރާތަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުން ކުރިއަރުވައި، އައު ވިޔަފާރި ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހޭއިރު، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޒުވާން ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ދައްކާލުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.

މިއަދު އޮންލައިން