މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާޕާސަން ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ. މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ ސަޢާދާ އިބްރާހިމް އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަޤާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް ވަނީ އައްޔަނުކުރައްވާފައެވެ.
އެމްޓީސީސީގެ ޗެއާޕާސަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މުހައްމަދު އަފީފް ހުސައިން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. ސަޢާދާ މި މަޤާމަށް އައްޔަނުކުރެއްވުމާއެކު، އެމްޓީސީސީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.