އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޝެރީނާ ޞާލިޙް، އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޝެރީނާ ޞާލިޙް، އައްޔަންކޮށްފި

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަލްފާޟިލާ ޝެރީނާ ޞާލިޙް، އައްޔަންކޮށްފިއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސ. ހިތަދޫ، ވެލްކަމްވިލާ އަލްފާޟިލާ ޝެރީނާ ޞާލިޙް، އިއްޔެ އައްޔަން ކުރައްވާފައިވާކަން ޕީ.ސީ.ބީ އިން ވަނީ ހާމަކޮށްފައެވެ.

ޝެރީނާ ތައުލީމް ހާސިލްކުރެއްވީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި އެޑިތު ކޯވަން ޔުނިވަރސިޓީން މާކެޓިންގ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވާފައިވެއެވެ.

ވިޔަފާރިއާއި ސްޓްރެޓީޖިކް މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް އަދި ބްރޭންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޝެރީނާ އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މިއަދު އޮންލައިން