ރާއްޖޭގައި މެރިކަލްޗަރގެ މަސައްކަތް ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ ވަރަށް އެން އާލާކޮށް ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަުލޫމާތުދެއްވަމުން މުއްޠަލިބް ވިދާޅުވީ، ކުރިން ރާއްޖޭގައި މެރިކަލްޗަރގެ މަސައްކަތް ކުރެވިފައިވަނީ ވަރަށް ކުޑަގޮތަކަށް "ކޮޓޭޖް ލެވެލް" ގައެވެ. ނަމަވެސް މިހާރު ސަރުކާރުގެ އަމާޒަކީ މިއީ އިގްތިސާދީ ބޮޑު ސިނާއަތަކަށް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް މެރިކަލްޗަރ ސިނާއަތް ކުރިއެރުވުމަށް އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، ބޭރުގެ އިންވެސްޓަރަކާއި ގުޅިގެން ދިވެހި ކުންފުންޏަކުން ގދ. އަތޮޅުގައިވެސް މެރިކަލްޗަރ އިންވެސްޓްމަންޓެއް ކުރިއަށްގެންދާކަން ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ. މި އިންވެސްޓްމަންޓްގައި ފާނަ އާލާކުރުމުގެ އިތުރުން ސަރުކާރުގެ އެދުމަކަށް އެން އާލާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މުއްޠަލިބް ވިދާޅުވީ، "އެމަކީ މަސްވެރިކަމުގައި ވަރަށް މުހިންމު ކޮންޕޯނަންޓަކަށް ވެފައި މޫސުން ގޯސްވާ ދުވަސްވަރު އެން ލިބުމުގެ ދަތިކަން މަސްވެރިން ވަރަށް ބޮޑަށް އިހްސާސްކުރަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މިވަނީ ބެއިޓް ފިޝަރީއެއްގެ ގޮތުގައި މި ފިޝަރީ ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މި ބޭފުޅުންނާ އެކީގައި އެއްބަސްވުމަކަށް އާދެވިފައި."
ސަރުކާރުގެ އުންމީދަކީ 2028 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް މަސްވެރިންނަށް ބޭނުންވާ ވަރަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމެވެ. މީގެ އިތުރުން ރާއްޖޭގައި ސީވީޑް އާލާކުރާ ފަރާތްތަކުން މިހާރު އެ ބާވަތް ބޭރަށް އެކްސްޕޯޓް ކުރަން ފަ