ޑިޖިޓަލް ޞިއްޙީ ނިޒާމަކީ ހަމައެކަނި މުސްތަޤުބަލަށް ކުރާ އުންމީދެއްގެ އިތުރުން އެއީ މިއަދަށް ކޮންމެހެން ބޭނުންތެރި ނިޒާމެއް: ވަޒީރު ޤީލާ ޢަލީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޑިޖިޓަލް ޞިއްޙީ ނިޒާމަކީ ހަމައެކަނި މުސްތަޤުބަލަށް ކުރާ އުންމީދެއްގެ އިތުރުން އެއީ މިއަދަށް ކޮންމެހެން ބޭނުންތެރި ނިޒާމެއް: ވަޒީރު ޤީލާ ޢަލީ

ޑިޖިޓަލް ޞިއްޙީ ނިޒާމަކީ ހަމައެކަނި މުސްތަޤުބަލަށް ކުރާ އުންމީދެއްގެ އިތުރުން އެއީ މިއަދަށް ކޮންމެހެން ބޭނުންތެރި ނިޒާމެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫ ޕްރިންޓް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މި ބްލޫ ޕްރިންޓް ޝާއިއުކުރުމަކީ "މޯލްޑިވްސް 2.0 հެލްތު ސެކްޓަރ ރޯޑްމެޕް" ގެ ދަށުން ކުރުމަށް ކަނޑައެޅުނު ފުރަތަމަ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި، ރައްޔިތުންގެ ޞިއްޙީ ބޭނުންތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މާލޭގައި ދިރިއުޅޭ މީހެއް ކަމުގައިވީނަމަވެސް ނުވަތަ އެންމެ ދުރު އަތޮޅެއްގައި ދިރިއުޅޭ މީހެއް ކަމުގައިވީނަމަވެސް، ކޮންމެ ރައްޔިތަކަށްމެ އިތުބާރު ހުރި ޞިއްޙީ ޚިދުމަތްތައް އަވަސްކަމާއެކު ލިބޭނެ މަގު ކަށަވަރުކޮށްދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވިއުގައަކުން ގުޅިފައިވާ، ތަފާސްހިސާބުތަކަށް ބިނާވެފައިވާ، އަދި ރައްޔިތުންނަށް އިސްކަންދޭ ޞިއްޙީ ނިޒާމަކީ ހަމައެކަނި ތަނަވަސްކަމުގެ ނިޝާނެއް ނޫންކަމަށެވެ. އެއީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސީ ކަމެއްކަމަށް ވިދާޅުވިއެވެ.

"މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް" އަކީ އެކަމުގެ ބިންގާކަމަށާއި، މި ޕްލޭންގައި ދާން ބޭނުންވާ މަންޒިލްގެ އިތުރުން، އެ މަންޒިލަށް ވާސިލްވުމަށްޓަކައި ކުރާނެ މަސައްކަތްތައްވެސް ހިމަނާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން