އަމިއްލަ ނަފުސާ ﷲ ގެ ދީނުގެ ޙިމާޔަތުގަ ވިސްނަންޖެހޭ ވަޤުތު މިވަނީ ބައްދަލުކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަމިއްލަ ނަފުސާ ﷲ ގެ ދީނުގެ ޙިމާޔަތުގަ ވިސްނަންޖެހޭ ވަޤުތު މިވަނީ ބައްދަލުކޮށްފަ!

ކޮންމެ މީހަކަށްވެސް އޮތް އެންމެ މުހިންމު ކަމަކީ އެމީހެއްގެ ނަފުސް ނަރަކައިން ސަލާމަތްކުރުމެވެ. އެބައެއްގެ ކިބައިގައި ދީންވެރިކަމެއް ނެތް ބައަކާއި ގުޅި ވާގިވެރިވެވުމަކީ އެކަމުގެ ނުބައިކަން އެމީހަކާއި ބައްދަލުކުރާނެ ކަމެކެވެ. އާޚިރަތް ދުވަހު އެކަމާއި ކުރިމަތިލާންޖެހޭނެ ކަމެކެވެ. އެއީ ﷲ ތަޢާލާގެ ދީން ފުނޑުފުނޑުކުރާ ބައަކުކަން އެނގިތިބެ އެބައަކާއި ގުޅުމަކީ އެމީހުންގެ ތެރޭގައި އެމީހަކުވެސް ހިމެނޭކަން އަންގައިދޭ ވަރަށް ނުރައްކައުތެރި ކަމެކެވެ.  

މިގެނެސްދެނީ ޤައުމުގެ ކަންކަން އެބޮޑު ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާތީ ޝައިޚް ޙަސަން ލަޠީފް ކުރިން ވިދާޅުވެފައިވާ ބަސްކޮޅެކެވެ.  

"ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން، މި ޖަޒީރާތަކުގައި ދިވެހިން އުޅެމުން ދަނީ ވަރަށް އަމާންކަމާއެކު. ނަމަވެސް މި ނިޢްމަތަށް ޝުކުރުކޮށް ﷲ އަށް ކިޔަމަންތެރި ވުމުގެ ބަދަލުގައި ނުކިޔަމަންތެރިކަން އިސްކޮށް ފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ. ވިސްނާށޭ ޤައުމު!"    

ޝައިޚް ޙަސަން ލަޠީފްގެ މިބަސްފުޅަކީ ރާއްޖޭގައި ހިންގަމުމުން ގެންދިއަ އިސްލާމް ދީނާއި ދުރު ކަންކަން ކުރުން ހުއްޓާނުލައިފިނަމަ ކުރިމަތިވެދާނެ ނިކަމެތި ޙާލަތަކަށް ބިރުގަތުމަށް ދެއްވާފައިވާ އިންޒާރެއްކަމަށް ބެލެވެއެވެ.  

މިސާލަކަށް މީގެ 60،70 އަހަރުކުރީގައިވެސް ދިޔަވަރު ބޮޑުވެއްޖެނަމަ ރަށުގެ ބިންގަނޑަށްވުރެ މޫދުގެ ލޮނުގަނޑު އުފުލެއެވެ. ރާޅުވެސް ކޮންމެވެސް ވަރަކަށް އަރައެވެ. ނަމަވެސް ރަށްތަކުގައި މީހުން ދިރިއުޅެމުން މިދަނީ ސަލާމަތުންނެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ރަޙަމަތުންނެވެ.  

ވީމާ ޝައިޚް ޙަސަން ލަޠީފް ދެއްވާފައި އެވަނީ ރަށްތަކުގައި ﷲ ތަޢާލާގެ ދީނާއި ދުރު ކަންކަންކޮށް ދީނަށް ނިކަމެތިކަންދޭނަމަ ކުރިމަތިލާންޖެހިދާނެ ޙާލަތުގެ ވާހަކައެވެ. އެކަމަކު އަބަދުހެން އަޑުއަހަން މިޖެހެނީ މުޖުތަމަޢުގައި މުންކަރާތްތައް ޢާންމުވަމުންދާ ވާހަކައިގެ އަޑުތަކެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވަމުން އަންނަ ކަމުގެ ވާހަކައެވެ. ބިރެއް ނެތި ފާޙިޝް ޢަމަލުތައްކުރުން ޢާންމުވާކަމުގެ ކަންބޮޑުވުންތަކެވެ.  

މިޙާލަތުން މުޖުތަމަޢު ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ފާފަތަކަށް އަރައިގަންނަ މީހުންނާއިމެދު ފިޔަވަޅުއަޅައި އެމީހުން އިޞްލާޙްކުރަން ކަމާއިބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެނޫން އެއްވެސް މަގެއް ނެތެވެ.  

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ﷲ ގެ ދީނަށް ނަޞްރުދިނުމަށެވެ. މިތުރުން ކަމަށް ހަދަންވީ ﷲ ގެ ދީނަށް ނަޞްރުދޭ މީހުންނެވެ. އެއިރުން އަހުރެމެންނަށް ކުރިމަތިވާ މައްސަލަތަކުން ﷲ އަހުރެމެން ސަލާމަތް ކުރައްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން