ޢިބްރަތްތެރި ވާހަކަ: ލޯބިވެރިއެއްގެ އަވާގަޖެހެވި ކުށެއް ނެތި ހެޔޮލަފާ އަނބިމީހާ ވަރިކުރި މީހަކަށް މަގުމަތިވާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިއެއްގެ އަވާގަޖެހެވި ކުށެއް ނެތި ހެޔޮލަފާ އަނބިމީހާ ވަރިކުރި މީހަކަށް މަގުމަތިވާންޖެހުނު ގޮތުގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ކައިވެންޏަށް އަހަރުވީތަނާ ފިރިމީހާ ގެއަށް އައިސްބުނީ އަނބިމީހާ ވަރިކުރީ ކަމަށެވެ. ސަބަބެއްކަމަށް ބުނީ ގުޅެވުނު ލޯބިވެރިއަކު އޭނާދެކެ މާބޮޑަށް ލޯބިވާ ކަމަށާއި އަދި އޭނާ އިނީވެސް ބަލިވެކަމަށެވެ. އެހެންވެ އޭނާއަށް ދެރައެއްދޭން ބޭނުންނުވަނީ ކަމަށެވެ. އޭނާއަކީ ވަރަށް ތަނަވަސް އަންހެނެއް ކަމަށްވެސް ބުންޏެވެ.  

އަނބިމީހާ އަޅައެއް ނުލައެވެ. އެއީ އޭނާގެ ފްލެޓެއްކަމަށްވުމުން ގެއިން ނުކުންނާކަށް ނުޖެހޭނެއެވެ. އޭނާއަކީ ހެޔޮލަފާ ތަޤްވާވެރިއެކެވެ. އެހެންވެ ދެން ލިބޭނީ މާރަނގަޅު ބައިވެރިއެއްކަމުގެ ޔަޤީންކަންވެސް އޮތުމުންނެވެ.  

ފިރިމީހާ ދަބަސްހިފައިގެންގޮސް ލޯބިވެރިޔާއާއި ބައްދަލުކޮށްފައި އަނބިމީހާއާއި ވަކިވި ވާހަކައާއި އެއީ ލިބެންއުޅޭ ދަރިފުޅަށްޓަކައި ކުރި ކަމެއްކަމަށްވެސް ބުންޏެވެ. އަދި އަނބިމީހާއަށްވުރެ މާބޮޑަށް ލޯބިވެރިޔާ ދެކެ ލޯބިވާކަމަށްވެސް ބުންޏެވެ.  

އަނބިމީހާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "ބަލިވެއިން ކަމަށް ބުނިނަމަވެސް މިއިނީ ބަލިވެއެއް ނޫނެވެ. އަނބިމީހާގެ އެއްވެސް ކުށެއް ނެތި ތިއަހާ ފަސޭހައިން ވަރިކުރާ މީހަކު އަހުރެންނާއިމެދުވެސް ކަންތައްކުރާނީ ހަމައެގޮތަށެވެ. ޢަމުދުން އަހުރެން ތިބާދެކެ ލޯތްބެއްވެސް ނުވަމެވެ. އަހުރެންގެ ލޯބިވެރިޔާ ވަކިވުމުން ފޫހިފިލުވައިލީއެވެ. ވީމާ މިގޭގައި ބެހެއްޓޭކަށް ނެތެވެ."  

އެހެންބުނެފައި ގޭގައި ގެންގޫޅޭ މީހާގެ ގާތުގައި އޭނާ ނުކުތުމުން ދޮރުތަޅުލަން ބުނެފައި ވަދެގެންގޮސް ކޮޓަރިއަށް ވަންގޮތަށް ނުވެސް ނުކުތުމުން ޖެހުނީ ނުކުމެގެންޑާށެވެ. އެކަމަކު ގޮސް ވަންނާނެ ތަނެއް ނެތުމުން ތަނެއް ލިބެންދެން ޖެހުނީ ގެސްޓް ހައުސެއްގައި ހުންނާށެވެ.

ވަރިކުރި އަނބިމީހާއަށް ގުޅަން ބަލައިލިއިރު ނަންބަރު އޮތީ ބުލޮކްކޮށްފައެވެ. ގުޅޭނެ ގޮތެއްވެސް ނުވިއެވެ.  

މިއީ އަޅުގަނޑުގެ ފިރިމީހާގެ އެކުވެރިއަކަށް މަގުމަތިވާން މެދުވެރިވި ގޮތެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. ހެޔޮލަފާ އަނބިންނާއިމެދު މިގޮތަށް ކަންތައްކުރާ މީހުންނަށް ޢިބްރަތަކަށް ފުދޭނެއެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން