އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބީސީސީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމަށް ބީސީސީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް (އެމްއެސްއެމްއީ ޑޭ) ފާހަގަކުރުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ. 27 ޖޫން 2026 ގައި ފާހަގަކުރާ މި ދުވަހުގެ ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ދުވަހާ ގުޅުވައިގެން ބީސީސީން ރާއްޖޭގެ އެކި ރަށްތަކުގައި ހިންގާ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް "އެމް.އެސް.އެމް.އީ ބިޔޯންޑް" ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތަކުގައި ވިޔަފާރިއެއް އަމަލީގޮތުން ކުރާނެ ގޮތުގެ މަޢުލޫމާތާއި، ވިޔަފާރި ފަށާނެ ގޮތުގެ އިރުޝާދުގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވެސް މި ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ހަވީރު 4:00 އަށް ކ. ހުރާގައި އާންމުކޮށް ހުޅުވާލައިގެން ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކ. ހުރާ ކައުންސިލާއި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި، ވިޔަފާރިތަކަށް ހުރި މާލީ އެހީގެ ފުރުޞަތުތަކާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ.

ވިޔަފާރި ޚިޔާލުތައް ހަޤީޤަތަކަށް ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން "އެމް.އެސް.އެމް.އީ ޕިޗް އަޕް" ގެ ނަމުގައި ބީސީސީން ވަނީ އައު ހަރަކާތެއް ތައާރަފުކޮށްފައެވެ. މި ހަރަކާތުގެ ދަށުން ހޮވާލެވޭ އަށް ޓީމަކަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން މެންޓަރިންގ އާއި އިރުޝާދު ދެވޭނެއެވެ. މީގެ ބޭނުމަކީ އުފެއްދުންތައް ތަރައްޤީކުރުމާއި ބިޒްނަސް ޕްލޭން ހެދުމުގައި އެހީތެރިވެ، އެ ޚިޔާލުތަކަކީ މާކެޓަށް ނެރެވޭނެ ފަދަ އުފެއްދުންތަކަކަށް ބަދަލުކުރުމެވެ.

މިއަދު އޮންލައިން