ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތް މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތް މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު

ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތުން ފަދަ މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރު ވަނަ ބުރު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޚަތީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތުން ފަދަ ދަތިތައް މިހާރުވެސް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވުޒާރާއިން އިސްކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިމާމުކަމާއި، ބަންގި ގޮވުމާއި، ދީނުގެ ޙުކުމްތައް ބަޔާންކުރުމުގެ މަސްޢޫލިއްޔަތަކީ ވަރަށް މަތީ މަސްޢުލިއްޔަތުތަކެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މި ދާއިރާއިން ކުރިއަށްދާ ޒުވާނުންނަށް ހިތްވަރު ދެއްވާފައެވެ. "އިމާމުކަމާއި، ބަންގި ގޮވުމާއި، ދީނުގެ ޙުކުމްތައް ބަޔާންކުރުމުގެ މަސްޢޫލިއްޔަތަކީ ވަރަށް މަތީ މަސްޢުލިއްޔަތުތަކެއް،" ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަށް އަރާފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ 4 ވަނަ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށްފައިވެއެވެ. މިއީ ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ އިމާމުންގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން