އިޤްޠިޞޯދު ކުރިއަރާނީވެސް ޖީބުތައް މުއްސަނދިވާނީވެސް ﷲ ގެ މަގަށް ބަދަލުވެވުނު ވަރަކުން! ދީނުގެ ޢަދާވާތްތެރިން ދައްކާ ވާހަކަތައް ޤަބޫލުކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިޤްޠިޞޯދު ކުރިއަރާނީވެސް ޖީބުތައް މުއްސަނދިވާނީވެސް ﷲ ގެ މަގަށް ބަދަލުވެވުނު ވަރަކުން! ދީނުގެ ޢަދާވާތްތެރިން ދައްކާ ވާހަކަތައް ޤަބޫލުކުރަން ހެޔޮނުވާނެ!

ޤައުމުގެ އިޤްޠިޞޯދު ކުރިއަރާނީވެސް އަދި ރައްޔިތުންގެ ޖީބުތައް ފުރި ތަނަވަސްކަން ލިބޭނީވެސް، ލިބޭ މިންވަރު އިތުރުވާނީވެސް ﷲ ގެ މަގަށް މީސްތަކުން ބަދަލުވި ވަރަކުންނެވެ. މުހިންމީ ދީނުގައި ހުއްދަ ނޫން ކަންކަން ކޮށްގެން ޖީބުތައް ފުރާލުމެއް ނޫނެވެ. ދެއްވަވާ މިންވަރުގައި ބަރަކާތް ލެއްވެވުމެވެ.  

އެއީ މާލެއިން ބިމެއް ލިބިފައިވާ އަންހެނެކެވެ. ބިމުގައި ހުރި ޢިމާރާތުގެ ދެފުލޯގައި ހިންގަނީ ގައިމޮޑުމާ ހަށިވިއްކުމުގެ ޢަމަލުތަކެވެ. ލިބޭ ބޮޑުކުލިން ބޭސްކޮށްފައި ބާކީއެއް ނުކުރެވެއެވެ. އުޅެންޖެހެނީ ނުފުދިގެންނެވެ.  

ބަނގުރަލަކީ އެންމެ ފައިދާހުރި ވިޔަފާރިކަމަށް އިޝްތިހާރުކުރިތާ ހަފްތާއެއް ނުވަނީސް ދުވަހަކުވެސް ބަނގުރަލުގެ މައްސަލައެއް ކުރިމަތިނުވާ ރަށަކުން 80 ފުޅި ބަނގުރާ ފުލުހުން ހޯދިއެވެ. ވިޔަފާރިން ޖީބު ފުރައިލެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހާ ކުރިމަތިލާން ނުޖެހޭނެ މީހަކު ނުހުންނާނެއެވެ.  

ރައްޔިތުން ދަންނަންވީ މުހިންމީ އާޚިރަތް ކަމެވެ. ދުނިޔޭގައި ކޮންމެ މީހަކީ ތަނަވަސް މަހުޖަނަކަށް ނުވެވޭނެ ކަމެވެ. ނަމަވެސް ކޮންމެ މީހަކުވެސް ދުނިޔެ ދޫކުރާނީ އެމީހަކަށް ދެއްވެވި ރިޒުޤް ލިބިގެންކަމެވެ.  

ޙަލާލު މަގަށް ކަންކަން ގެންދިއުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ރިބާ ހިމެނޭ އެތައް ލޯނުތަކެއް މިހާރުވެސް އިސްލާމިކް ބޭންކިންގ ނިޒާމަށް ފައްތާފައިވާ ކަމެވެ. މިޙާލަތުގައި އޮތް ޤައުމެއް ރިބާއިން އެކުގައި ސަލާމަތްކުރުމަކީ ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ފަށައިގަތްކަމީވެސް ވަރަށް ރަނގަޅަށް އެޅި ފިޔަވަޅެކެވެ.  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ހޭލާށެވެ! ތިމާއަށް އާޚިރަތް ކާމިޔާބުކުރެވޭނެ މަގަށް ބަދަލުވާށެވެ. އެނޫން މަގަކުން ކުރިއަށް ނުދާށެވެ! އެންމެ މުހިންމީ އާޚިރަތް ދުވަހެވެ.

މިއަދު އޮންލައިން