ޚާދިމާގެ އެއްވެސް މީހަކު ނެތީމާ މުސާރަނުދީ ނިކަމެތި ކުރުމުން ތަނަވަސް ފިރިމީހާ ގެއްލި ފިރިމީހާގެ ކައިވެނި ނޯކަރަށް ލިބުނު ޙާދިސާއެއްގެ ވާހަކަ- ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޚާދިމާގެ އެއްވެސް މީހަކު ނެތީމާ މުސާރަނުދީ ނިކަމެތި ކުރުމުން ތަނަވަސް ފިރިމީހާ ގެއްލި ފިރިމީހާގެ ކައިވެނި ނޯކަރަށް ލިބުނު ޙާދިސާއެއްގެ ވާހަކަ- ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް!

ފުރަތަމަ މިވާހަކަ އަޑުއަހާށެވެ! ފިރިމީހާއަށް އިވެނީ ގޭގެ ޚާދިމާ އޭނާގެ އަނބިމީހާއަށް އާދޭސްކުރާ އަޑެވެ. ނުދީ ހިފަހައްޓާފައި ހުރި 4 މަސްދުވަހުގެ މުސާރަދިނުން އެދިއެވެ. އަނބިމިހާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަނގައިންވެސް ނުބުނެއެވެ.

ފިރިމީހާ އައިސް އޭނާގެ މުސާރަ ނުދެނީ ކީއްވެގެންތޯ އާއި މުސާރައަސްދޭން ޙަވާލުކުރި ފައިސާ ކޮބައިތޯ ސުވާލުކުރުމުންވެސް އަނބިމީހާ ޤަޞްދުކުރީ އަނގައިން ނުބުނެ އިނުމެވެ. ފިރިމީހާ އިންތިހާއަށް ރުޅިގަދަވުމުން ބުންޏެވެ. "އޭނާއަށް މުސާރަ ބޭނުމެއް ނުވާނެއެވެ. ކަރަދުކުރަންޖެހޭ މަންމައެއް ބައްޕައެއް ހުރީއެއް ނޫނެވެ. ދަރިއަކު ހުރީއެއް ނޫނެވެ. ދަރިއަކު ލިބޭނީ ކައިވެނިކޮށްގެން ނޫންހެއްޔެވެ؟ ކައިވެނިކުރާނެ މީހަކު ވާނީއެއްވެސް ނޫނެވެ." 

ފިރިމީހާގެ ޖަވާބަކަށްވީ އޭނާގެ އެކަކު ނެތަސް އޭނާއަށްވެސް ކަލަކުވެއެވެ. އެއީ ﷲ އެވެ. ﷲ އަހުރެންނަށް ވިސްނުމެއް ދެއްވަވައިފިއެވެ. އެއީ ނިކަމެތިންނަށް ތިއަވަރަށް އަނިޔާވެރިވާ އަންބަކު ނުގެންގުޅުމަށެވެ. އަދި ތިބާ ވަރިކޮށް އޭނާއާއި ކައިވެނިކުރުމަށެވެ. އޭނާއާއި ކައިވެނިކުރާނެ މީހަކު ވެއްޖެކަން މިހާރު އެނގިއްޖެ ނޫން ހެއްޔެވެ؟ ތިއިނީ ވަރިކޮށްފައެވެ. އަވަހަށް ނުކުމެގެންދާށެވެ!

ބުނަންހެއްޔެވެ؟ އޭނާ މިގޭގެ ޚާދިމާއަކަށް ގެނައީ އަހުރެންގެ މައިންބަފައިންނެވެ. އޭނާގެ ޢުމުރުން 16 އަހަރުގައެވެ. އަހުރެންގެ ޢުމުރުން 18 އަހަރުގައެވެ. 5 އަހަރުވީއެވެ. އޭނާގެ ރިވެތި އަޚްލާޤް އަހުރެންނަށް އެނގެއެވެ. ތިބާ މިގެއަށް ގެނައުމުގެ ކުރިން ދުވަހަކުވެސް އެންމެ މަހެއްގެ މުސާރަވެސް ނުދީ އެންމެ ދުވަހެއްވެސް ލަސްކޮށްފައެއް ނުވާނެއެވެ. އަހުރެންގެ މައިންބަފައިން ޢޭނާއަށް އަބަދުވެސް ކަންކަންކުރީ ވަރަށް ހެޔޮކޮށެވެ. އަމިއްލަ ދަރިއަކު ފަދައިންނެވެ. އަހުރެންވެސް މިހައި ތަނަށް ދުށީ އުޚުތެއްގެ ގޮތުގައެވެ. ދުވަހަކުވެސް ހުތުރު ވާހަކައެއްވެސް ނުދައްކަމެވެ. އހުރެންގެ މިނިންމުމަށް ކައްވަޅުގައި ތިބި މައިންބަފައިންވެސް އުފާކުރާނެއެވެ.

އަނބިމީހާ ގެއިން ނެރެ ފޮނުވައިލުމަށްފަހު ޚާދިމާ ފެންވަރުވައި ނަލަހައްދުވައިގެން ގޮވައިގެންގޮސް ކައިވެނިކުރީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ނޯކަރުން ނިކަމެތިވީމާ އެއީ އެއްވެސް ބާރެއް ނެތް ބައަކު ކަމަށް ހީކޮށް އެމީހުންނަށް އަނިޔާވެރިނުވާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ޢިްޒަތްތެރިންނާއި އަދި ތަނަވަސް މީހުންނާއިއެކު އެކަންޏެއް ނޫނެވެ. އެންމެހައި މީސްތަކުންނާއިއެކުގައެވެ.  

ރަނގަޅަށް ވިސްނާށެވެ! ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާ މީހުން އެޙާލުގައި ލެއްވެވީ ﷲ ތަޢާލާއެވެ. އެއިގެ މާނައަކީ އެމީހުން އުޅޭހާލު ﷲ ތަޢާލާ ބައްލަވައިވޮޑިނުގަތުމެއް ނޫނެވެ. އެމީހުންނާއިމެދު މާބޮޑަށް ބައްލަވައިވޮޑިގެންވެއެވެ.  

ނިކަމެތިންނަށް ނިކަމެތިކޮށްހިތައި ދެރަބަސްބުނެ ހިތުގައި ނުޖައްސުވާށެވެ! އެކަން އެމީހަކާއި ބައްދަލުކުރާނީ ކޮންވަޤުތަކު ކޮން ގޮތަކަށް ކަމެއް ނުއެނގޡޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން