ޢިބްރަތްތެރި ވާހަކަ: ޔަތީމްކުއްޖަކަށް ބިރުދައްކައިގެން ގުޅުން ހިންގަން އުޅުނު ފިރިއަކަށް ތަނަވަސް އަނބިމިހާ ގެއްލި އެންމެ ނިކަމެތި ހާލު ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޢިބްރަތްތެރި ވާހަކަ: ޔަތީމްކުއްޖަކަށް ބިރުދައްކައިގެން ގުޅުން ހިންގަން އުޅުނު ފިރިއަކަށް ތަނަވަސް އަނބިމިހާ ގެއްލި އެންމެ ނިކަމެތި ހާލު ޖެހުނު ގޮތުގެ ވާހަކަ-

އެއީ ގެއެއްގައި ނޯކިރީކުރާ 18 އަހަރުވެސް ނުފުރޭ އަންހެން ކުއްޖެއްކެވެ. އޭނާ ނޯކިރީ ކުރަނީ މައިންބަފައިން މަރުވެފައިވުމުން ކޮއްކޮއަށް ކިޔަވައިދެވޭނެ ގޮތެއް ނެތިގެންނެވެ. އެކަން އެނގިގެން ގޭގެ ބޮސް ދިއައީ ކޮއްކޮގެ ކިޔެވުމަށް އެހީތެރިވަމުންނެވެ. ނުކުމެދާނެ ނުބައި ނަތީޖާއަކަށް ނުވިސްނޭތީ އެކުއްޖާ ދިއައީ ބޮސް ދޭ ފައިސާގައި ހިފަމުންނެވެ.  

މައްސަލަ ކުރިމަތިވީ ދުވަސްކޮޅެއް ފަހުންނެވެ. ބޮސްއާއިއެކު ރޭކުރަން ބުނުމުންނެވެ. ކުއްޖާ ބުނީ ކައިވެނީގެ ބޭރުން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. ބޮސްބުނީ ވަޒީފާއިން ވަކިކުރާނެ ކަމަށާއި ކޮއްކޮއަށް އެޙިވެސް ނުވާނެ ކަމަށެވެ. އެހެން ބުނުމުންވެސް ކުއްޖާ ބުނީ ހަމަހޭގައި ހުރެ އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.  

ބޮސް ސިއްސައިގެން ދިއައީ ކުއްލިއަކަށް އަނބިމީހާ އައިސް ކުރިމަތީގައި ހުއްޓުމުންނެވެ. ހުރީ ވަރަށް ރުޅިގަދަވެފައިކަން މޫނުމަތިން ފެންނަންހުރުމުންނެވެ. އަނބިމީހާ ވާހަކަދައްކަން ފެށިއެވެ. "މިހިރަ ބޮޑު ޖަނަވާރެއް ނިކަންދެކިބަލާށެވެ! ހެޔޮއެދިގެންކަން ދައްކައިގެން ޔަތީމް ކުއްޖަކަށް އެހީތެރިވެދީފައި ތިއަ އެދުނީ ކޮންފަދަ ނުބައިކަމަކަށް ހެއްޔެވެ؟ ޔަތީމް ކުއްޖެއްގެ ޢިއްފަތްތެރިކަން ފޭރިގަތުމަކީ ޤިޔާމަތް ދުވަސްމަތިން ހަނދާންވާ މީހަކު ކުރާނެ ކަމެއް ނޫނެވެ.  

ތިއައީ ޖަނަވާރެއްގެ އިތުރުން ބޮޑު ޝައިޠޯނެކެވެ. ކަލެއަށް އަހުރެން ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންގެ ކިބައިން ނުލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ ތަނަވަސްކަން ލިބިގެން ތިއައުޅެނީ އަހުރެންގެ ފައިސާއިން ނޫން ހެއްޔެވެ؟ ކަލެއަށް އެއްޗެތި ގޮވުމުގެ ބޭނުމެއް ނެތެވެ. ޝައިޠޯނުންނަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ ވަރިކޮށްފައި ހަމަމިހާރު މިގެއިން ނުކުމެގެންދާށެވެ!"  

ފިރިމީހާ މާފަށް އެދުނެވެ. ބުނީ ޝައިޠޯނާ އޭނާ މަގުފުރެއްދީ ކަމަށެވެ. އަނބިމީހާ ބުނީ ޝައިޠޯނާ އޭނާ މާބޮޑަށް މަގުފުރައްދައިފި ކަމަށެވެ. އެހެންވެ ހިތުގައި އެއްވެސް މީހެއްގެ މައްޗަށް އެއްވެސް ރަޙުމެއް ނެތްކަމަށެވެ.  

އެކުއްޖާއަށް މެޑަމް ބުނީ އޭނާގެ އެއްވެސް ކުށެއް ނެތްކަމަށެވެ. ފިރިމީހާގެ ކުރިމަތިޣައި ދެއްކި ޘާބިތުކަމަށް ފަޚުރުވެރިވާ ކަމަށެވެ. ދުވަހަކުވެސް ފޮނުވައިނުލާނެ ކަމަށާއި ގެ ކުއްޔަށްދީފައި ކޮއްކޮ އެގެއަށް ގެނެސްގެން އޭނާގެ ކޮއްކޮއިން ފަދައިން ދެބައިންވެސް އުޅުމަށެވެ.  

އަޅުގަނޑު ބުނެލަން ބޭނުންވަނީ ކޮންމެފަދަ ކަމެއް ކުރިމަތިވިޔަސް މާތް ﷲ ގެ މަގުގައި ޘާބިތުވެ ހުންނަން މަސައްކަތްކޮށްފިނަމަ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. މިޙާދިސާއިންވެސް ޔަޤީންކުރެވެނީ ހަމަ އެކަމެވެ.

 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން