ސިއުޒާ
ގިނަ ބައަކަށް މަސައްކަތްކުރަން އުނދަގޫވަނީ ހަށިގަނޑުގައި ވަރުނުހުންނާތީއެވެ. ވަރުބަލިވާތީއެވެ. ވަރުބަލިވާ ސަބަބުތަކުގެ ތެރޭގައި ލޭގެ ތާޒާކަން ކުޑަވުމާއި ލިވާގެ ަމއްސަލަތައްވެސް ހިމެނެއެވެ. އެހެންކަމުން މިގެނެސްދެނީ އެފަދަ އެތައް ކަމަކަށް ފައިދާކުރާނެ ބުއިމެކެވެ.
ބޭނުންވާނެ ތަކެތި:
1 ޖޯޑު ކަރާ (ކިޔުބުކޮށް ކޮށާލާފަ)
1 ޖޯޑު ކިޔުކަމްބާރ (ކޮށާލާފަ)
2/1 ޖޯޑު ބީޓްރޫޓް (ކޮށާލާފަ)
1 ލުނބޯގެ ހުތް
1 ތަށި ފެން
ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
މީގެ ސަބަބުން ލޭ ސާފުކޮށްކޮށްދިނުމާއިއެކު އެނީމިއާއިން ރައްކާތެރި ކޮށްދެއެވެ. އަދި ލިވާ ސާފު ކޮށްދީ ވިހަތަކުން ކޮށްދެއެވެ. އަދި ހަނގަނޑު އިތުރަށް އޮމާން ކޮށްދީ ހަށިގަނޑަށް ހަކަތަ ލިބިދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު