ގެއަށް ގެނައި ދުބާއީގެ ތަނަވަސް ވިޔަފާރިވެރިޔާގެ ކުރިމަތީގަ އަނބިމީހާއަކީ އަނބިމީހާ ނޫންކަމަށާ ގޭގެ ޚާދިމާކަމަށް ބުނުމުން ޖަހައިގަނެގެން އަނބިމީހާ ގެނދިއަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ގެއަށް ގެނައި ދުބާއީގެ ތަނަވަސް ވިޔަފާރިވެރިޔާގެ ކުރިމަތީގަ އަނބިމީހާއަކީ އަނބިމީހާ ނޫންކަމަށާ ގޭގެ ޚާދިމާކަމަށް ބުނުމުން ޖަހައިގަނެގެން އަނބިމީހާ ގެނދިއަ ޙާދިސާއެއްގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ވިޔަފާރިވެރިއެކެވެ.

މެދުޢުމުރުގެ މީހެއް ނަމަވެސް ކައިވެނިކޮށްގެން އުޅެނީ މާހަގު ކުއްޖަކާއެވެ. އެކަމަކު ދެމަފިރިން އުޅެމުން އައީ ވަރަށް ލޯބިންނެވެ. 

އޭނާގެ ދަޢުވަތަކަށް ދުބައީ އެޖެންޓް ރާއްޖެ އައުމުން ބެހެއްޓީ ގޭގައެވެ. އޭނާއަށް އަނބިމީހާ ތަޢާރަފްކޮށްދިނީ ގޭގެ ޚާދިމާ ކަމުގައެވެ. އެޖެންޓް އެތައް ފަހަރަކު މިއީ އަނބިމީހާތޯ ސުވާލުކުރުމުންވެސް ބުނީ އަނބިމީހާ ނޫންކަމަށާއި ޚާދިމާ ކަމަށެވެ.  

މިއީ ދުބާއީ މީހުންނަށް އައުކަމެއް ނޫނެވެ. އެފްރިކާގެ ޤައުމުތަކަށް ކުރާ ދަތުރުތަކުގައި ޢާންމުކޮށް ކުރިމަތިވާ ކަމެކެވެ. އެހެންވެ ފިރިމީހާއަށް ސިއްރުން އޭނާ ގެންދިއައީ އޭނާގެ ދަލުގައި އަނބިމީހާ ޖައްސުވަމުންނެވެ. ސަބަބަކީ އަނބިމީހާގެ ކެއްކުން މީރުވެފައި ދެމީހުންނަށް ދޭ ޚިދުމަތުގެ ފުރިހަމަކަމެވެ. ގޭތެރޭގެ ކަންކަން ކުރާލެއް ފުރިހަމަ ކަމެވެ.  

އޭނާ ފުރައިގެން ދިއަތަނާ އަނބިމީހާ އެދުނީ ހަފްތާއަކަށް ރަށަށް ގޮސްލުމަށެވެ. ފރިމީހާ އެކަން ހަމަޖައްސައިދިނެވެ. އަނބިމީހާ އެދުނުގޮތަށް ދަތުރަށް ޓިކެޓް ނަގައި އެއާޕޯޓަށް ފޮނުވައިދިނެވެ.  

އަނެއް ދުވަހު އަނބިމީހާ ވަތްސްއަޕުން ގުޅާފައި އެދުނީ ވަރިކޮސްދިނުމަށެވެ. ވަރިއަށް އެދިފައި ފޯނުކަނޑައިލި ގޮތަށް ފޯނަކަށް ނުގުޅުނެވެ. އޮންނަނީ ނިއްވާލައިފައެވެ. މައިދައިތައަށް ގުޅުމުން އެނގުނީ ރަށަށް ނުދާކަމެވެ.  

އެހިސާބުން ގޯހެއް ހިނގައިފިކަން ވިސްނުނެވެ. ދުބާއީ އެޖެންޓަށް ގުޅުމުން ބުނީ ގޭގައި ގެންގުޅެން ދުބާއީއަށް ގެނެސްފައިވާ ކަމަށެވެ. ބޮޑު މުސާރައެއް ދޭނެ ކަމަށެވެ. ަވަރަށް ގަޔާވާ ކަމަށާއި ކައިވެނިކުރަންވެސް ވިސްނާ ކަމަށެވެ.  

ތިއައީ އަނބިމިހާ ކަމަށް ބުނުމުން ބުނީ ދޮގަކީ ކޮބައިކަން އޮޅިއްޖެކަމަށެވެ. ގެނައީ ގޭގެ ޚާދިމާކަމަށް ބުނުމުން ކަމަށެވެ. އަނބިމިހާކަމަށްވާނަމަ ދެން ރަނގަޅުވާނީ ވަރިކުރުން ކަމަށާއި އެއީ ދެމީހުން ކައިވެނި ނުކުރިޔަސް އޭނާ ދެން އެނބުރި ނުދާނެތީ ކަމަށެވެ. ފައިސާއިން މިހާރުވެސް ހިތްފުރައިދީފައިވާނެ ކަމަށެވެ.  

މަހެއްހައި ދުވަހަށްފަހު ވަރިކުރިއެވެ. އެއީ އަނބިމީހާ ގެއްލުނު ގޮތަށް އެޖެންޓު ގެއްލުނަ ނުދިނުމަށެވެ. އޭނާގެ އަތުން ދަރަންޏަށް މުދައު ބޭނުންވާތީއެވެ.  

މިއަނބިމީހާއަކީ އަޅުގަނޑުގެ އެކުވެރިއެކެވެ. އެކުވެރިއެއް ނޫންނަމަވެސް އަޅުގަނޑު އޭނާ ކުށްވެރިއެއް ނުކުރާނަމެވެ. އެއީ އަޅުގަނޑަށް އެނގިފައި އޮތްގޮތުން އަނބިމީހާއަކީ އަނބިމީހާ ނޫންކަމަށް ބުނުމުން ކައިވެނި ޞައްޙައެއް ނުވާނެއެވެ. ވީމާ މިހުންނަނީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ.  

- ސިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން