ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

ނަފްސާނީ އަދި އިޖްތިމާއީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަނެ އަދި އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި.

މި ތަމްރީން ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްުތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.

މި މަހުގެ 29 ން 30 އަށް މާލޭގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ކ. އަތޮލުގެ ހުރިހާ ރަށަކުންނާއި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން ބައިވެރިވި އެވެ.

ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ޕީއެފްއޭ) ތަމްރީން ގެ ބޭނުމަކީ ކާރިސާ އަދި ކުއްލި ޙާލަތްތަކުގައި ނުވަތަ އޭގެ ފަހުން ނަފްސާނީ އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ޢިލްމާއި އަމަލީ ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތްތަކާއި މިފަދަ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ދެވޭނެ ޙާލަތްތަކާއި ރިފަރ ކުރަންޖެހޭ ޙާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ބައިވެރިން ވަނީ ތަމްރީނު ކުރެވިފައެވެ. މީގެ އިތުރުންވެސް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އަމިއްލަ ނަފްސާނީ ޞިއްޙަތަށް އަޅާލުމުގެ މުހިންމުކަމާއި، އަމިއްލަ ދުޅަހެޔޮކަމަށް އިސްކަންދޭނެ ގޮތްތަކާއިގުޅޭ ގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރެވިފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން