ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި ސައިކޮތެރަޕިސްޓުން ހޯދަން ޢިއުލާންކޮފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި ސައިކޮތެރަޕިސްޓުން ހޯދަން ޢިއުލާންކޮފި

މާލެއާއި އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށްޓަކައި ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ އިތުރުން ސައިކޮތެރަޕިސްޓުން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާންކޮށްފިއެވެ.

ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައިވާ ގޮތުން، ޖުމްލަ 26 ތެރަޕިސްޓުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ސްޕީޗް ތެރަޕިސްޓުން، 10 އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި 10 ސައިކޮތެރަޕިސްޓުންނެވެ.

މި މަޤާމުތަކުގެ މުސާރައަށް ބަލާއިރު، ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ އަސާސީ މުސާރަ އުޅެނީ 12,000 ރުފިޔާއިން މަތީގައެވެ. އަދި ސައިކޮތެރަޕިސްޓުންގެ އަސާސީ މުސާރަ އުޅެނީ 17,000 ރުފިޔާއިން މަތީގައެވެ. މީގެ އިތުރުން، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާ އެއްގޮތަށް އިތުރުގަޑީގެ އެލަވަންސްތައް ވެސް މި މަޤާމުތަކަށް ލިބޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިޢުލާނުގައިވާ ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތެރަޕީގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން