ސަރުކާރާ ދެކޮޅު ޙަރަކާތްތަކަށް ޒުވާނުން ނެރެން ޚަރަދުކުރަނީ ސަރުކާރު ގޯސްވެގެނެއް ނޫން! ވެރިކަން ބަދަލުވެ މަރުޖުއާނާ ހުއްދަކުރީމާ ވިޔަފާރިން ބޮޑުފައިދާއެއް ލިބޭނެތީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސަރުކާރާ ދެކޮޅު ޙަރަކާތްތަކަށް ޒުވާނުން ނެރެން ޚަރަދުކުރަނީ ސަރުކާރު ގޯސްވެގެނެއް ނޫން! ވެރިކަން ބަދަލުވެ މަރުޖުއާނާ ހުއްދަކުރީމާ ވިޔަފާރިން ބޮޑުފައިދާއެއް ލިބޭނެތީ!

އަޅުގަނޑަކީ ވޭޕް އާ ގުޅުންހުރި ބާވަތްތައް އެތެރެކޮށް ވިއްކާ މީހަކީމެވެ. އެތެރެލުރަމީ މުދައި ކޮންޓޭނަރުގައެވެ. ފިހާރައެއް ނުހުންނާތީ ވޭޕް ސާމާނު ނަގާފައި މުދައިކޮޅު ހަމައަގަށްވުރެވެސް ހެޔޮއަގުގައި ފިހާރަތަކަށް ވިސްކައިލަނީއެވެ. އަޅުގަނޑު އެކަން ކުރަނީ އަތުލައިގަތަސް އަދަބެއް ނުލިބޭތީއެވެ. މިބުނީ ޖަލަށްނުލާވާހަކައެވެ. ކުރަނީ ޖުރުމަނާއެވެ. އެހެންވެ އެހާބޮޑު ކަންބޮޑުވުމެއް ނެތެވެ. 

ސަރުކާރާ ދެކޮޅު ޙަރަކާތްތަކަށް ޒުވާނުން ފޮނުވަން ޚަރަދުކުރަމެވެ. އެއީ މިސަރުކާރު ގޯސްވެގެނެއް ނޫނެވެ. ބަދަލުވެއްޖެނަމަ މަރުޖުއާނާ ހުއްދަކުރާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭތީއެވެ. އެވިޔަފާރިން ލިބޭނެ ފައިދާ ވަރަށް ބޮޑުވާނެތީއެވެ.  

އެކަން ޔަޤީންކުރެވެނީ ރައީސް ނަޝީދު މަޖިލީހުގައި އިންނަވައިގެން ރާއްޖެއަށް މެޑިކަލް މަރުޖުއާނާ އެތެރެކުރުން ހުއްދަކުރާވާހަކަ ވަރަށް ބޮޑަށް ފަތުރުއްވާފައިވާތީއެވެ. އެކަމަށް މީހުންގެ ސަމާލުކަން ހޯއްދަވާފައިވާތީއެވެ. އެކަން ރައީސް ނަޝީދު ނުކުރައްވާނެނަމަ އެވާހަކަ އެހާ ގިނައިން ކޮންމެ ދުވަހަކު މަޖިލީހުގައި ދައްކައި ޓީވީތަކުން މުޅި ރާއްޖެއަށް ފެތުރުނަކަ ނުދެއްވާނެއެވެ.  

އިތުރަށް ޔަޤީންކަން ލިބެނީ ވެރިކަމުގައި ހުންނަވައިގެން ދައްކަވާފައިވާ ގިނަ ވާހަކަތަކަކުންނެވެ. އެއިގެ ތެރެއިން ޑްރަގު ހުއްޓުވަން ބަނގުރާ ހުއްދަކުރުމުގެ ވާހަކަ ޚާއްޞަގޮތެއްގައި ފާހަގަކުރަމެވެ. ދެންވެސް ޢަމަލުކުރާނީ އެބާވަތުގެ ސިޔާސަތަކަށެވެ. ބާރުގަދަ ޑްރަގު ހުއްޓުވަން މަރުޖުއާނާ ހުއްދަކުރުމުގެ ސިޔާސަތަށެވެ.  

އަޅުގަނޑު ބަލަނީ ވިޔަފާރިން ލިބޭނެ ފައިދާއަށެވެ. މަރުޖުއާނާއަކީ މިހާރުވެސް ބައެއް ޤައުމުތަކުގައި ހުއްދަ އެއްޗެކެވެ. ރާއްޖޭގައިވެސް ސަރުކާރުން ހުއްދަކޮށްފިއްޔާ ވިޔަފާރި ނުކުރަންވީ ސަބަބެއް ނުވިސްނެއެވެ.  

މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިފަދަ ވިސްނުމުގެ ކިތައް މީހުން ތިބޭނެކަމާއިމެދު ޚިޔާލުކޮށްލަމާ ހިނގާށެވެ. މިކަންކަމަށް ހޭލުންތެރިވުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ދިެހި މުޖުތަމަޢު މިނުރައްކައުތެރިވަބާއިން ސަލާމަތްކުރެވޭނީ ރައްޔިތުން އެކަމަށް ވިސްނައި ހޭލުންތެރިވެގެންނެވެ.

ދިވެހި އުންމަތް އިސްލާމީ އުންމަތެއްގެ ގޮތުގައި ދެމިއޮތުމަށް މާތް މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން