މިހާރުވެސް ތިބޭފުޅުންގެ ޙަޔާތުން އަމިއްލައަށް ވަޒަން ކޮށްލިއަސް، އިނގިލިން ގުނާފަ ބައިވަރު އެއްޗިހި ތިބޭފުޅުން ވިދާޅުވާނެ "ތިމަންނަ މިވެނި މިވެނި ކަމަކަށް އެދި ދުޢާ ކުރީމެވެ. ތިމަންނައަށް އެކަން ކޮށްދެއްވިއޭ ﷲ ސުބުޙާނަހޫ ވަތަޢާލާ"
އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑު ކައިރީ ކިޔައިދިން ވާހަކައެއް، މިހާރުވެސް އޭނަ ދުނިޔޭގަ އެބަހުރި. އޭނަ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން މިދިޔައީ. ދިޔައީމަ ޑޮކްޓަރު ވިދާޅުވަނީ ކިޑްނީ ފެއިލިވެފައެވެ. އެއް ކިޑްނީ ފެއިލިވެފައޭ، އެއް ކިޑްނީ ނަގާށޭ، ނުނަގައިފިއްޔާ ދެން އިން ކިޑްނީވެސް ހަލާކުވާނެއެވެ.
އޮޕަރޭޝަން ކުރަން ތައްޔާރުވެފަ ކިޑްނީ ނަގަން. ތައްޔާރުވެގެން ހެދުންލާ ހުރިހާ ކަމެއް ނިންމާފަ، އޭނަ އަޅުގަނޑު ކައިރި ބުނީ، ތިމަންނަ ބުނެފީމޭ " އޭ ޑޮކްޓަރުއޭ! ކިޑްނީއެއް ނަގަންވާނީ ދެއްވި ފަރާތުގައި ދަންނަވާފަ ނޫންހޭ. ގުނަވަނެއް ލުއްސާލާކަށް ނުވާނެ ނޫންހޭ ދެއްވި ފަރާތުގަ ނުދަންނަވައެއް." ޑޮކްޓަރި ވިދާޅުވީ ތީ ވަރަށް މީހުން ނުދައްކާ ކަހަލަ ވާހަކައެކެވެ. އެކަމު އެހެން ދެންނެވީމަ ޑޮކްޓަރުވެސް ދެން ވަރަށް ތަފާތު ކަމަކަށް މިވީ. ވިދާޅުވި އާ އޯކޭ މައްސަލައެއް ނެތޭ. އެހެންވީމަ މިވަގުތު އިހައް މައްސަލައެއް ނެތޭ ދިޔަސް.
އޭނަ ބުނީ ތިމަންނަ ދެން ހޮސްޕިޓަލުން ނިކުމެގެން މި އައި މަގުމަތިން ދިމާވެއްޖެ ރައްޓެއްސެއް، މަގުމަތިން. ދިމާވެގެން ބުނެފި " އޭ ހިނގާށޭ ޢުމްރާއަށް ދާން. " ދެން ތިމަންނަ ޢުމްރާއަށް ހިނގައްޖައިން. ޢުމްރާއަށް ގޮސް ޢުމްރާގަ އޭނަ ދުޢާ ކޮށް ޒަމްޒަމް ފެން ބޮއެ، ދެން ކޮންމެއަކަސް އޭނަގެ އެ ހާޖަތްތައް ދަންނަވާނެތާ. މިހާރު މިހިރީ ބޮޑަށް ބޭނުންވެފަ. އައިސް ޑޮކްޓަރު ކައިރިއަށް އައިސް ޓެސްޓު ކުރިއިރު ބުނެފި " ބަރާބަރޭ. މިހާރު ނެތޭ ނަގަން ޖެހޭ އެއްވެސް ގުނަވަނެއް." މީ ޙަޤީގަތް. އޭނަ އަދިވެސް ދުނޔޭގަ އެބަހުރި، އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް މީ ދިވެއްސެއް.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން