މ. އަތޮޅުގެ ރަށްތަކުގެ ފިއުލް މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންވާ ސްޓޯރޭޖް ޓޭންކްތައް އެ ރަށްރަށަށް ފޮނުވަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މ. އަތޮޅުގެ ރަށްތަކުގެ ފިއުލް މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންވާ ސްޓޯރޭޖް ޓޭންކްތައް އެ ރަށްރަށަށް ފޮނުވަން ފަށައިފި

މ. އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ ރަށްރަށުގެ ޕަވަރހައުސްތަކުގައި ތެޔޮ ރައްކާކޮށް މޮނިޓަރ ކުރާނެ ސްޓޯރޭޖް ޓޭންކްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމަށްފަހު، އެ ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މިގޮތުން، ކުންފުނިން ގަބޫލުކުރާ މިންގަނޑުތަކަށް ޚިދުމަތް ބައްޓަންކުރުމަށްޓަކައި، ޕަވަރހައުސްތަކުގައި ބޭނުންކުރާ ފިއުލް ނުވަތަ ތެޔޮ ބެލެހެއްޓޭނެ އިންތިޒާމުތައް މިހާރު ދަނީ ގާއިމުކުރެވެމުންނެވެ.

މި ސްޓޯރޭޖް ޓޭންކްތައް ރަށްރަށަށް ފޮނުވުމުގެ ބޭނުމަކީ، އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ރައްކާތެރިކަމާއެކު ގުދަންކޮށް، ތެޔޮ ބޭނުންކުރެވޭ މިންވަރު ސީދާކޮށް މޮނިޓަރކޮށް ބެލެހެއްޓުމެވެ. މީގެ ސަބަބުން ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އިސްރާފު ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ޕަވަރހައުސްތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މ. އަތޮޅުގެ ރަށްތަކަށް މި ފޮނުވޭ ޓޭންކްތަކާއެކު، އެ އަތޮޅުގެ ހަކަތައިގެ ސަލާމަތްތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

މިއަދު އޮންލައިން