ބަލިޙާލުގައިވާ މައިންބަފައިން ނުވަތަ އެދެމީހުންކުރެ މީހަކު ބަލަން ލިބުމަކީ ލައްވަވާ ބޮޑު ރަޙްމަތެއް! މިފަދަ ދުޢާކުރާނަމަ ލުއިވެ ތަނަވަސްކަންވެސް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ބަލިޙާލުގައިވާ މައިންބަފައިން ނުވަތަ އެދެމީހުންކުރެ މީހަކު ބަލަން ލިބުމަކީ ލައްވަވާ ބޮޑު ރަޙްމަތެއް! މިފަދަ ދުޢާކުރާނަމަ ލުއިވެ ތަނަވަސްކަންވެސް ދެއްވަވާނެ! އިން ޝާ ﷲ

ކުރަންޖެހޭ މަސައްކަތް ބުރަވެ ނުކުރެވޭނަމަ ބަލިޙާލުގައިވާ މައިންބަފައިން ބަލަން މީހަކު ހޯދުމަކީ މައްސަލައެއް ނޫނެވެ. އެކަމަށްވެސް ޘަވާބު ދެއްވަވާނެއެވެ. އެހެނަސް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ދެއަތުން ޚިދުމަތްކުރުމެވެ. ތިމާ ކޮސްދޭހައި ލޯބިން އެހެން މީހަކަށް ކަންކަން ނުކުރެވޭނެތީއެވެ. ދެއްވަވާ ޘަވާބުވެސް ގިނަވާނެއެވެ. އިން ޝާ ﷲ  

ބައެއް ޙާލަތްތަކުގައި ބަލިޙާލުގައި މައިންބަފައިންނަށް އުޅެންޖެހުމުން ދަރިންނަށް ބަލަން ޖެހެއެވެ. ތަންމަތީގައި ބާއްވައިގެންވެސް ބަލަން ޖެހެއެވެ. ކިރިޔަކިރިޔާ ތެދުވެވޭ ޙާލުގައިވެސް ބަލަންޖެހެއެވެ. އެކަމަށް ކަންބޮޑުނުވާށެވެ! އެއީ އެޚިދުމަތްކުރާ ދަރިއަކަށް ނުވަތަ ދަރިން ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ.  

ގިނައިން ގޭގައި ތިބޭ ބައަކީ އަންހެނުން ކަމަށްވުމުން އެޙާލަތުގައި އުފުލަންޖެހޭ ބުރަ ގިނައިން އުފުލަންޖެހެނީވެސް އަންހެނުންނަށެވެ. އުފުލައި ގެންގުޅުން އުނދަގޫވާނެއެވެ. ސާފުތާހިރުކޮށް އެނދުތަންމަތިއެޅުމާއި ހަޑިވާ އުނު އަންނައުނު ދޮވެ ސާފުކުރުމަކީވެސް ނުހަނު ބުރަ މަސައްކަތެކެވެ.  

ވީމާ އެފަދަ ކަމެއް ތިމާއަށް ކުރިމަތިވެއްޖެނަމަ މިފަދައިން ދުޢާކުރާށެވެ!  

"ޔާ ﷲ! މިއަޅާގެ މަންމަ/ބައްޕަ އަށް ޚިދުމަތްކުރުމުގެ ހިތްވަރާއި ކުޅަދާނަކަން އަދި ތަނަވަސްކަން މިއަޅާއަށް ދެއްވަވާނދޭވެ! އަދި މިއަޅާ ކުރާ ޚިދުމަތް އިނ ﷲ ޤަބޫލުފުޅުކުރައްވަވާނދޭވެ!" އާމީން  

ﷲ ތަޢާލާ ކަމެއް ލުއިކޮށްދެއްވަވައިފިނަމަ އެކަމަކީ ކިތަންމެ ބުރަ ކަމެއް ނަމަވެސް އެއީ އެއްވެސް ބުރަކަމެއްގެ ގޮތުގައި އިޙްޞާޞެއް ނުކުރެވޭނެއެވެ. އިން ޝާ ﷲ. ވީމާ ކުރަންޖެހޭ ކޮންމެ ކަމެއްވެސް ލުއިފަސޭހަކޮށްދެއްވެވުން އެދިގެންނާއި ތިމާ ކުރާ ޢަމަލު ޤަބޫލުފުޅުކުރައްވަވައި ދެއްވެވުން އެދިގެން އަބަދުވެސް ދުޢާކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން